ދިވެހިރާއްޖެ
ގދ. ނަޑެއްލާ އިޖުތިމާޢީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)418-AS/418/2026/26 އިޢުލާނަށް ޝަރުތު ފުރިހަމަވާ ހުށަހެޅުމެއް ލިބިފައި ނުވުމާއިއެކު މި މަސައްކަތް ކުރުމަށް ޝައުޤުރުވެރިވާ ފަރާތްތަކުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ މިކަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ (މެންދުރު) 12:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތުގެ ބީލަން ފޮތުގެ އަގަކީ، 250.00ރ (ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ. ތިރީގައިވާ މި އިދާރާގެ ބޭންކް އެކައުންޓަށް ބީލަން ފޮތުގެ ފީ ދައްކައި ގޫގަލް ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރުމުގެ މުއްދަތު ނިމުމުން ރަސްމީ 1 ދުވަސް ތެރޭގައި ބީލަމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ބީލަމާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް މެއިލް ކުރެވޭނެއެވެ. އަދި ކައުންސިލްގެ އިދާރާއިން މި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ލިބެންހުންނާނެއެވެ. އަދި މި ބީލަމުގައި ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- އެކައުންޓް ނަންބަރ: 7710700367004
- އެކައުންޓް ނަން: KHARADHU 2 1469
- ގޫގަލް ފޯމް ލިންކް: https://forms.gle/uKSVCrPeZgubyMzw9
ބީލަން ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ (ހެނދުނު) 10:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި މަސައްކަތުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.