ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)1140/1140/2026/1032
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 02 ނޮވެންބަރު 2026 14:00
އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އައްޑޫ މީދޫ ވެޓެރަންސް ވޮލީ މުބާރާތް 2026' ގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވުން

އައްޑޫ މީދޫގެ ރައްޔިތުންނަށް ހުޅުވާލައިގެން އައްޑޫ މީދޫ 'ވެޓެރަންސް ވޮލީ މުބާރާތް 2026' ގެ ނަމުގައި ވޮލީ މުބާރާތެއް އިންތިޒާމްކުރުމަށް އައްޑޫ މީދޫ ކައުންސިލުން ވަނީ ނިންމާފައެވެ. އައްޑޫ މީދޫގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރ 11 ވަނަ ދުވަހުގައެވެ.  އެގޮތުން މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އައްޑޫ މީދޫއަށް ނިސްބަތްވާ ޓީމްތަކަށެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު،  2026 ނޮވެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫ މީދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމު މި އިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާނެއެވެ.

                    22 ޖުމާދަލްއޫލާ 1448     

                    02  ނޮވެމްބަރ 2026      

02 ނޮވެންބަރު 2026