ދިވެހިރާއްޖެ
ގޯތިން ބޭރު ބަންޑާރަ ބިމުގައި ހުރި ރުއްތަކުގެ ތެރެއިން ރަސްފަންނު ދެކުނުން ފެށިގެން ނަދުވާ ގެއާއި ދިމާލަށް އަތިރިމަތީގައިވާ ރުއްތައް ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ރުއްތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ބިޑް އުސޫލުން އެންމެ މަތިން އަގު ހުށައަޅާ ފަރާތްތަކަށެވެ. ފެށޭ އަގެއްގެ ގޮތުގައި ރުކަކަށް ކަނޑައަޅާފައިވަނީ 25 ރުފިޔާއެވެ. ރުއްގަނޑުތައް ބެހިފައިވަނީ ކޮންމެ ރުއްގަނޑެއްގައިވެސް 05 ރުއް ހިމެނޭހެން ތިރީގައިވާ ގޮތަށެވެ.
ރުއްގަނޑު 1: (1.7 އިން ފެށިގެން 1.10 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 2: (1.12 އިން ފެށިގެން 1.16 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 3: (1.17 އިން ފެށިގެން 1.21 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 4: (1.22 އިން ފެށިގެން 1.26 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 5: (1.26 އިން ފެށިގެން 1.31 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 6: (1.32 އިން ފެށިގެން 1.36 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 7: (1.37 އިން ފެށިގެން 1.41 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 8: (1.42 އިން ފެށިގެން 1.46 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 9: (1.47 އިން ފެށިގެން 1.51 އަކާއި ހަމަޔަށް ހުރި 05 ރުއް)
ރުއްގަނޑު 10: (1.52 އިން ފެށިގެން 1.56 އަކާއި ހަމަޔަށް ހުރި 05 ރުއް)
ވީމާ ރުއް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން މި އިޢުލާނުގައިވާ ޝީޓް ފުރުމަށްފަހު ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީއަކާއިއެކު ބަނދުކޮށްފައިވާ ސިޓީއުރައަކަށް ލުމަށްފަހު 15 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުމަށް އެދެމެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކައުންސިލްގެ ނައިބް ރައީސް އަޙްމަދު ޙަސަން (7882885) އަށް ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާންމުކޮށް އަންގާ އޢުލާން ކުރީމެވެ.