ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IAS/MIS/2016/439
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 09 މާރިޗު 2016 13:30
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ބަލައު ލަކުޑި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން

އިޢުލާން

މިކުންފުނިން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގާ ސީޕްލޭން ޑޮކް ހެދުމަށް ބޭނުންވާ ބަލައު ލަކުޑި، މިކުންފުނިން ދޭ މިންތަކާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މިތަކެތި މިކުންފުންޏަށް ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 9 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:30 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ، (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ތަކެތި މިކުންފުންޏަށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 16 މާރިޗު 2016 ވާ ބުދަަ ދުވަހުގެ 13:30ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 ޖުމާދަލްއޫލާ 1437

01 މާރިޗު 2016