ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުންދޭ މައުލޫމާތާއި އެއްގޮތަށް، މިކޯޓުގައިކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
- މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1.1 ކޯޓުގެ ވަށާފާރު އަދި އިމާރާތުގެ ބޭރުފާރުތަކުގައި ކުލަލުން.
1.2 ވޯކްވޭ ހެދުން.
1.3 ގޭޓްއެއް ހަދައި ހަރުކުރުން.
1.4 ކޯޓް ރޫމްގެ ސްޓޭޖާއި ބެކްޕެނަލް ހެދުން.
- ވީމާ، މި މަސައްކަތްތަށް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މި ބީލަމުގައި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ، ކުންފުންޏާބެހޭ ޤާނޫނު (/9610) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ޕާޓްނަރޝިޕް ޤާނޫނު (201113/) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕްތަކަށާއި، ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު (/20073) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (/201419) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަން (އަންދާސީހިސާބު) ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
- މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 8 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ. ބީލަމާއި ގުޅިގެން ބޭނުންވާ ބީލަން ފޮތް އަދި ބިޑް ޑޮކިއުމަންޓްސް ރަޖިސްޓްރީކުރެއްވުމުން މެއިލްކޮށްދެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް މެއިލް ކުރަށްވާނީ [email protected]
- މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 6500242 އަށް ގުޅުއްވުން އެދެމެވެ.
ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 12 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި މިކޯޓުގައެވެ. ބީލަން ހުށަހަޅާއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު މެންދުރުފަހު 14:00 ގައެވެ.