ދެންނެވުން
ނަންބަރު: (IUL)409/409/2026/63
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:59
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

ޢިއުލާން

 

ދަނޑުވެރިންގެ ދަފްތަރު އެކުލަވާލުމާއި ބެހޭ

 

                     ގއ.ނިލަންދޫގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިކައުންސިލުން ކުރަމުންދާތީ، މިދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިދަފްތަރަކީ ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކުގެ މަޢުލުމާތު އެކިއެކި ފަރާތްތަކާއި ހިއްސާކުރުމުގައި އާއި، އެހެނިހެން ދަނޑުވެރިންނާއި ގުޅުން ހުރި ކަންކަމުގައި ބޭނުން ކުރުމަށް އެކުލަވާލެވޭ ދަތްފަތަރެކެވެ.

                    ވީމާ، މިދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު 2026 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފޯމް މި އިޢުލާނާއިއެކު އެއްހީރެސް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މީގެ އިތުރުން މިފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

                    މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.

                    22     ޖުމާދުލްއޫލާ   1448

                    02     ނޮވެމްބަރ    2026

02 ނޮވެންބަރު 2026