ދިވެހިރާއްޖެ
ކ.ހިންމަފުށީ ބަނދަރު ސަރަހައްދުން ބިމެއް ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން (އެކޮމަޑޭޝަން ބްލޮކެއް ހެދުމަށް) ބިން ކުއްޔަށްދޫކުރުމާއި ގުޅޭ
ލޭންޑް ޔޫސް ޕްލޭންގެ 59.7 ބިމުގެ ތެރެއިން 3000 އަކަފޫޓުގެ ބިމެއް، ކ.ހިންމަފުށީ ބަނދަރު ސަރަހައްދުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން ތަރައްޤީކޮށް ހިންގުމަށްޓަކައި، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ ސަރަހައްދުން 30 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.
ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިންކުގައި ނުވަތަ މިއިދާރާއަށް ދުރުވެ 02 ނޮވެމްބަރ 2026 ވަނަ ދުވަހުން ފެށިގެން 10 ނޮވެމްބަރ 2026 ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
|
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
|
ބިޑު ފޯމް ވިއްކުން (ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 5000.00 (ފަސްހާސްރުފިޔާއަށް ) |
4 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން 16 ނޮވެމްބަރ 2026 ވާ ހޯމަ ދދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލް އިދާރާއިން |
|
ޕްރީބިޑް މީޓިން |
17 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަސް |
މެންދުރު 11:00 |
ހިންމަފުށީ ކައުންސިލް އިދާރާ |
|
ބިޑު ހުށަހެޅުން ( ޕްރޮޕޯސަލް ހުށަހެޅުން ) |
23 ނޮވެމްބަރ 2026 ވާ ހޯމަ |
މެންދުރު 13:00 |
ހިންމަފުށީ ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.
ލިންކް: https://forms.gle/NEKUixNDWyKJ8ixx8
ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.