ބީލަން
ނަންބަރު: (IUL) 366/2026/49
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 09 ނޮވެންބަރު 2026 11:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ މިސްކިތްތަކުގައި ކުރަންޖެހިފައިހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މިއިދާރާއިންދޭ މަޢުލޫމާތާއި، އެއްގޮތައް އަމިއްލަތަކެތީގައި މިރަށު ނޫރު މިސްކިތާއި، އާޘާރީ  މިސްކިތުގައި ކުރަންޖެހިފައިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

 ވީމާ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 09 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބުތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ، މ. ނާލާފުށި، ދިވެހިރާއްޖެ

ފޯން: 6720034

އީމެއިލް: [email protected]

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

02 ނޮވެންބަރު 2026