ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)306/306/2026/65
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 15 ނޮވެންބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ރަސްމާދޫ ޕްރީސްކޫލަށް ވެއްދުމާއިގުޅޭ

ޢިޢުލާން

 

2027 ވަނަ އަހަރުގެ ދިރާސީ އަހަރު ދަރިވަރުން ރަސްމާދޫ ޕްރީސްކޫލަށް ވެއްދުމާއިގުޅޭ

މިކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޕްރީސްކޫލަށް (ބޭބީ ނަރސަރީ، ނަރސަރީ) އަށް 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކުދިން ވެއްދުމުގެ ފުރުޞަތު މިއަދުން ފެށިގެން 2026 ނޮވެމްބަރ 15 ވާ (އާދިއްތަ ދުވަހުގެ 13:00ގެ) ނިޔަލަށް ހުޅުވާލެވުނު ވާހަކަ ދަންނަވަމެވެ.

ޕްރީސްކޫލަށް އަލަށް ވައްދާ ކުދިންގެ އުމުރުފުރާތަކާއި ޕްރީސްކޫލަށް ކުދިން ވެއްދުމުގައި ބަލާނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.

ބޭބީ ނަރސަރީ އަށް ވައްދާނީ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 17 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާކުދިންނެވެ. ނާސަރީއަށް ވައްދާނީ ނުވަތަ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާނީ 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް އުމުރު ހަމަވާކުދިންނެވެ.

ގްރޭޑް

2026 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރު ފުރާ

 ބޭބީ ނަރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

 ނަރސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ނޮވެންބަރު 2026