މަސައްކަތް
ނަންބަރު: 57-T/IU/2026/42
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 16 ނޮވެންބަރު 2026 10:30
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިސްއެބިލިޓީ އަދި އެކްސެސިބިލިޓީ އިންކުލޫޝަންއާގުޅޭ ޕޮލިސީތަކެއް ހެދުމަށް

        ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިސްއެބިލިޓީ އަދި އެކްސެސިބިލިޓީ އިންކުލޫޝަންއާގުޅޭ ޕޮލިސީތަކެއް ހެދުމުގެ މަސައްކަތްތައް ކުރުމަށް ކުރެވުނު ނަންބަރު: 57-T/IU/2026/39 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

https://forms.office.com/r/Bx2mdhMvuj

 

ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް 8 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިންނެވެ.

ނޯޓް: މިއިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

ޕްރޮޕޯސަލާ ގުޅޭގޮތުން ސުވާލު ފޮނުވުން

 

މި މަސައްކަތާ ގުޅިގެން މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް،  ޕްރޮޕޯސަލާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ، 8 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ކުރިން  [email protected] އަށް އީމެއިލް ކުރުމުން، 9 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން، ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި.

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.  ޕްރޮޕޯސަލް  ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ  ޕްރޮޕޯސަލް ހުޅުވުން ދެން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

02 ނޮވެންބަރު 2026