ދިވެހިރާއްޖެ
އިޢުލާން
ފުޓްސަލް މުބާރާތުގެ ސްޕޮންސަރ އަށް އާންމުކޮށް ހުޅުވާލުން:
މި އިދާރާއިން އިންތިޒާމުކޮށްގެން އާންމުކޮށް އިންނަމާދޫއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް، މި އަހަރު މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ފޯރި ގަދަކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ . އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމަށާއި، ފުޓްސަލްގެ ހުނަރުވެރި ކުޅުންތެރިން އުފައްދައި، އެ ކުޅުންތެރިންގެ ހުނަރު ދެއްކުމަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ބާއްވާ މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އެކި ދާއިރާތަކުން ސްޕޮންސަރ އަދި ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް މިވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސްޕޮންސަރޝިޕް ހުޅުވާލެވިފައިވާ މައިގަނޑު ދާއިރާތަކަކީ:
1. މުބާރާތުގެ މައި ސްޕޮންސަރ (Title Sponsor)
2. މީޑިއާ ޕާޓްނަރ (Media Partner)
3. ބެވަރޭޖް ޕާޓްނަރ (Beverage / Hydration Partner)
4. ޓެލެކޮމް ޕާޓްނަރ (Telecom / Digital Partner)
5. ކޯ-ސްޕޮންސަރުން (Co-Sponsors)
މި މުބާރާތުގެ ސްޕޮންސަރ ނުވަތަ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 4 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected] އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ފޯނު 6580052 ނުވަތަ ކައުންސިލްގެ ނައިބު ރައީސް ހުސައިން އަރީފް 7783448 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.