ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)151-CSS/1/2016/3
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 20:17
ސުންގަޑި: 24 މާރިޗު 2016 14:00
މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އީ. އެކްސް. 5

ޑިރެކްޓަރ ޖެނެރަލް

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: -/13،890 ރުފިޔާ،

- ސަރވިސް އެލަވަންސް: -/2،000 ރުފިޔާ، 

- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: މުސާރައިގެ % 35

އިތުރުގަޑި: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން:

މާލެ / މޯލްޑިވްސް އެނަރޖީ އޮތޯރިޓީ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. ހަކަތައިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހަކަތައާއި މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ހަކަތައިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހަކަތައާއި މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ހަކަތައިގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެނަރޖީ އޮތޯރިޓީގެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް މަގުދައްކައި، މިކަމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގުން.
  2. ސަރުކާރުގެ ހަކަތައިގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތިން، ދެމެހެއްޓެނިވިގޮތެއްގައި ހަކަތަ އުފެއްދުމަށާއި، އެތެރެކުރުމަށާއި، ވިއްކުމަށާއި، ބޭނުންކުރުމަށްޓަކައި ހަރުދަނާ އުޞޫލުތަކާއި، ޤަވާއިދުތަކާއި މިންގަނޑުތައް ހަދައި ހިންގުމުގައި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ދަށުގައިވާ ސެކްޝަންތަކަށް މަގުދައްކައި، އެ ސެކްޝަންތަކުގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުން.
  3. މޯލްޑިވްސް  އެނަރޖީ  އޮތޯރިޓީ  ތަރައްޤީކުރުމަށް  ކުރަންޖެހޭ  މަސައްކަތްތަކުގައި،  ދަށުގައިވާ  ވެރީންނަށް  މަގުދައްކައި، އެހީތެރިވެ، މި މަސައްކަތްތައް ހިނގާ ނުގިނގާގޮތް ބަލަމުން ގެންދިއުން.
  4. ހަކަތައިގެ ދާއިރާގެ ރެގިއުލޭޓަރގެ ހައިސިއްޔަތުން، ސަރުކާރުގެ އެކިއެކި ފަރާތްތަކަށް ލަފާއާއި މަޝްވަރާ ދިނުމާއި، ދާއިރާގެ އެކިއެކި ނިންމުންތައް ނިންމުމަށް އެހީތެރިވުން.
  5. ޖުމްލަގޮތެއްގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ ހިނގާ ނުހިނގާގޮތް މޮނިޓަރކޮށް މަގުދެއްކުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ، ދާއިރާއާ ގުޅޭ އިތުރު ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.
  2. ދިވެހި ބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
  4. ހަކަތައިގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.
  5. ޖެނެރޭޝަން ޑިސްޓްރިބިއުޝަން ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
  6. ރެގިއުލޭޓަރީ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
  7. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި  އޮތޯރިޓީގެ  ކައުންޓަރުން،  ބަންދު  ނޫން  ކޮންމެ  ދުވަހަކު  ލިބެން ހުންނާނެއެވެ. އަދި  މި އޮތޯރިޓީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ. 

9. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:
2016 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް.

އިންޓަވިއު:
- އިންޓަވިއުއާއި ޕްރެކްޓިކަލް 27 މާރިޗު 2016 އާއި 27 އެޕްރީލް 2016 އާއި ދެމެދުގެ ތާރީޚެއްގައި މި އޮތޯރިޓީގައި އޮންނާނެއެވެ.

- ދިވެހިބަހާއި އިނގިރޭސިބަހުން ތަރުޖަމާކުރުމަށްޓަކައި ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮތޯރިޓީގެ 3019100 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

      20 ޖުމާދަލްއޫލާ 1436

29 ފެބުރުވަރީ 2016