ބީލަން
ނަންބަރު: (IUL)274/INDIV/2026/114
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 19:30
ސުންގަޑި: 09 ނޮވެންބަރު 2026 11:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ޕިކުނިކު އޭރިއާއަށް ބޭނުންވާ ބެންޗު ހެދުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ފޭދޫ ޕިކުނިކު އޭރިއާއަށް ބޭނުންވާ ބެންޗު ހެދުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއެވެ.
  • ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
  • މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  • މިބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާ މައިކުރޮސޮފްޓު ފޯމް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
  • މިބީލަމަށް ޝައުގުވެރިވާ ފަރާތަށް 01 ނޮވެމްބަރ 2026 ގެ 13:00 އާއި 04 ނޮވެމްބަރ 2026 އާއި ދޭތެރޭ ބީލަން ރަޖިސްޓްރީ ކުރަން އެދޭ މައިކްރޮސޮފްޓު ފޯމް މެދުވެރިކޮށް ބީލަން ރަޖިސްޓްރީ ކުރަންވާނެއެވެ.
  • މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏08 ނޮވެމްބަރ 2026ވާ ދުވަހުގެ 14:00ގެ ކުރިން  [email protected]  އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  • ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ ‏09 ނޮވެމްބަރ 2026 ވާ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
  • ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  •  ބީލާން ރަޖިސްޓްރީކުރާ ފޯމަ: https://forms.office.com/r/h4PTXq27uY
01 ނޮވެންބަރު 2026