ވަޒީފާގެ ފުރުޞަތު
ނަންބަރު: GS210/IUL/2016/20
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 19:37
ސުންގަޑި: 08 މާރިޗު 2016 13:30
އުނގޫފާރު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމް:

ރިލީފް ޓީޗަރ   

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރައްޖެހޭ ތަން/ ސެކްޝަން:

އުނގޫފާރު ސްކޫލް/ އެކަޑެމިކް  

ލިބޭނެ މުސާރައާއި އެލަވަންސް:

ރިލީފް ޓީޗަރުން ގެންގުމުގެ އުސޫލު (ފުރަތަމަ އިޞްލާޙު) ގައި ބަޔާންކުރާ މުސާރައާއި ސަރވިސް އެލަވަންސް.  

މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ

-/4،500 ރުފިޔާ

-/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ

-/5،500 ރުފިޔާ

-/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ

-/6،090 ރުފިޔާ

-/2،500 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1- ގްރޭޑް 10 ނިންމާފައިވުން. ނުވަތަ؛

2- އެސް. އެސް. ސީ. އިމްތިޙާނުން ދިވެހި، އިސްލާމް، މި ދެމާއްދާއިން ސީ ގްރޭޑުން މަތީން ފާސްވެފައިވުން.    

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ހަވާލުކުރެވޭ މާއްދާތައް ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވައިލުން.

2- ކިޔަވައިދޭން ހަވާލުކުރާ މާއްދާތައް ކިޔަވައިދިނުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހަދައި، ކުލާސްތަކަށް ގަޑި ނަގައިދިނުން.

3- ދަރިވަރުންނަށް ނަގައިދޭ މާއްދާތަކުން ދަރިވަރުން ހާސިލުކުރާ މިންވަރު ދެނެގަތުމަށްޓަކައި ސްކޫލުގެ އެސެސްމެންޓް ޕޮލިސީއާ އެއްގޮތްވާގޮތުގެމަތީން އެސެސްމެންޓުތައް ދިނުމާއި، އެސެސްމެންޓްތަކުގެ ރެކޯޑްތައް ބެލެހެއްޓުން.

4- ކިޔަވައިދޭ ކުލާސްތަކުގެ ދަރިވަރުންގެ ހެދިފޯދޭ މިންވަރު ބެލެހެއްޓުމާއެކު ދަރިވަރުންގެ އުޅުމުގެ ކަންކަން ދުވަހުން ދުވަހަށް ލީޑިންގ ޓީޗަރުންނަށް ރިޕޯޓްކުރުން.

5- ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.

ހުށަހަޅަންޖެހޭ މަޢުލޫމާތުތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ދެފުށުގެ ސާފު ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރެވިފައިވާ ސެޓްފިކެޓުގެ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް.
  • ވަޒީފާ އަދާކުރާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު ހުށަހަޅަންވާނެއެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަން އެދޭ ފޯމު.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580262 ނަންބަރު ފޯނާއެވެ.
  • ވަޒީފާއަށްއެދި ހުށައަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.
  • މި މަޤާމަށް އިންޓަވިއުކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
  • މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައިވާ ކަންތައްތަކަށް ބަލައިގެންނެވެ.

1. ތަޢުލީމާއި ތަމްރީނު

2. މަސައްކަތު ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، ނަމޫނާ ސީވީ، މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މިތަކެތި ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އެހެނިހެން އުޖޫރައާއި އިނާޔަތްތައް:

ކަނޑައެޅިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، 2016 މާރިޗު 8 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން، މި ސްކޫލަށް ފޯމު ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބާޠިލް ކުރެވޭނެއެވެ.

އިންޓަވިޔު ކުރެވޭނެ ތަނާއި ތާރީޚު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިޔު ކުރުން އޮންނާނީ، މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައެވެ.

19 ޖުމާދަލްއޫލާ 1437

28 ފެބުރުވަރީ 2016