ވަޒީފާގެ ފުރުޞަތު
ނަންބަރު: GS157/2016/IU19
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 17:53
ސުންގަޑި: 08 މާރިޗު 2016 13:30
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: (ވަގުތީ، 3 މަސްދުވަސް)

މަޤާމުގެ ރޭންކް: ޖީ. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: އދ. ފެންފުށީ ސްކޫލް 

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އދ. ފެންފުށީ ސްކޫލް އޮފީސް/ އެޑްމިން ސެކްޝަން

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވުން.

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

* މި މަޤާމަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި، ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ތަޢުލީމް ހާސިލުކޮށް، އެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު:

  • ސްކޫލުގެ ބަޖެޓާއި، އެކިއެކި ފަންޑުތަކާއި، ބޭންކުގައި ހުޅުވާފައިހުންނަ ސްކޫލުގެ އެންމެހައި އެކައުންޓުތަކާއި، އެނޫނަސް ސްކޫލަށް ވަދެނިކުންނަ ކޮންމެ ފައިސާއަކާބެހޭ އެންމެހައި ކަންތައްތައް، ސަރުކާރުގެ ފައިސާ ބެލެހެއްޓުމުގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާގޮތުގެމަތީން ރާވައި ހިންގައި ބެލެހެއްޓުން.
  • ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  • މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.
  • އެންޓްރީކުރުމާއި ސިޓީ، މެސެޖު ޔައުމިއްޔާ ފަދަ ތަކެތި ލިޔުމާއި އެ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓުން.
  • ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އަންދާސީހިސާބުގެ އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި، އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ އެކަމާގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  • އިދާރީ ކަންތައްތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.
  • ސްކޫލުގެ ރަސްމީ ދަތުރުތަކުގައި ރަށުން ބޭރަށް ދިޔުން.
  • ސްކޫލަށް ގެންނަންޖެހޭ މުދާ (ޓެކްސްޓް ފޮތް، ގޮނޑި، ޑެސްކު، މޭޒު ފަދަ ތަކެތި) ގެނައުމަށް ރަށުން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީގެ އެޓެސްޓްކުރެވިފައިވާ އަސްލު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ
  5. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް (ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް.

ސުންގަޑި:

މި މަގާމަށް އެދޭ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 މާރިޗު 8 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ފެންފުށީ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މި މަގާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، ފެންފުށީ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

-މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ ނަންބަރު 6680817 ފޯނަށް ގުޅުން އެދެމެވެ.

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016