ދިވެހިރާއްޖެ
ގއ. މުނަންދުވާ(LD0946)ގެ އެއްބަސްވުމުގެ ދަށުން، މުނަންދުވާ ގެ %20އަށްވާ ބިމުގެ ތެރެއިން 100,000އަކަފޫޓުގެ ބިން 18 އަހަރު ދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ހިފާނެ އިންވެސްޓަރަކު ހޯދުމަށް ޢާންމުކޮށް އިޢުލާންކޮށްގެން ކުރިއަށް ގެންދިއުމަށް ދާންދޫ ކައުންސިލުގެ 5ވަނަ ދައުރުގެ 20 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާ ނިންމުމާއި ގުޅިގެން އެ ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
- މި އިޢުލާނުގެ ދަށުން މިފަހަރު ކުއްޔަށްދެވޭނީ މުނަންދުވާގެ ބިމުގެ %20އަށްވާ ބިމުގެ ތެރެއިން 100,000އަކަފޫޓުގެ ބިން އެއް ބިޑެއްގެ ގޮތުގައި އެވެ.
- މިބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ބީލަން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) މިފައިސާ މި ކައުންސިލަށް ޖަމާކުރަންވާނެއެވެ. މިއީ އަނބުރާ ދެވޭނެ (ރިފަންޑްކުރެވޭނެ) ފައިސާއެއް ނޫނެވެ.
- މި ބީލަމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ގަވައިދުން ހިންގާ ދިވެހި ކުންފުނި ތަކަށާއި އަދި ކަމާއި ބެހޭ ފަރާތްތަކުގެ ހުއްދައާއެކު ރާއްޖޭގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ ކުންފުނިތަކަށެވެ.
- މި އިޢުލާނުގެ ދަށުން ކުއްޔަށް ބިންދޫކުރާ ސަރަހައްދުގެ ބިން ދައްކުވައިދޭ ޗާޓާއި، ބީލަން ރަޖިސްޓްރޭޝަން ފޯމް މި އިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ.
ކުއްޔަށް ދޫކުރެވޭ ބިން ބޭނުންކުރެވޭނެ ގޮތާއި އަދި ބިން ދޫކުރާ މުއްދަތު:
- ކުއްޔަށް ދޫކުރެވޭ ބިން ބޭނުންކުރަންވާނީ މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް ވިޔަފާރި ބޭނުންތަކަށެވެ.
- މިބިމުގައި، މަޢުލޫމާތު ކަރުދާހުގައި ކުރުން މަނާކޮށްފައިވާ ކަންކަން މި ބިމުގައި ނުކުރެވޭނެއެވެ.
- ބިން ކުއްޔަށްނެގޭ މުއްދަތު: (މަސްދުވަސް): 216 މަސް ދުވަސް (18 އަހަރު ދުވަސް)
- މި ބިން ދޫކުރެވޭނީ އެންމެ ދިގު މުއްދަތަކަށް އެއްފަހަރާ 18 އަހަރު ދުވަހަށެވެ.
ކުލި ހުށަހަޅާނެ ގޮތާއި ކުއްޔަށް ދެވޭ މުއްދަތުގައި ކުލި ނެގުމަށް މުއްދަތު ބަހާލެވިފައިވާ ގޮތާއި ބިމުގައި ކުރާ ބޭނުމާއި އަދި ހުށަހެޅޭނެ އެންމެ ކުޑަކުއްޔާއި ކުލި ހުށަހަޅާނެ ގޮތް ތިރީގައި އެވަނީ އެވެ.
- ބިޑް ހުށަހަޅާ ފަރާތުން ކުލި ހުށަހަޅާނީ، މިކައުންސިލުންދެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ.
- ފުރަތަމަ 24 މަސްދުވަހުގެ މުއްދަތުގައި ކުލި ނުހިގާނެއެވެ.
|
ކުލި ހުށަހަޅާނެ ގޮތް:
|
||||||||||||||||||||||||||||
އެހެނިހެން ކަންކަން:-
- މި ބިން ކުއްޔަށް ދޫކުރުމާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނިފައިވާނީ ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައިއެވެ. ބީލަން ހުށަހަޅާ ފޯމް ހަވާލުކުރެވޭނީ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ތެރެއިންނެވެ.
- ބީލަން ހުށަހަޅާ ފަރާތުން ކުލި އަދި ބީލަން ހުށަހަޅާނީ، މިކައުންސިލުން ދެވޭ ބީލަން ހުށަހަޅާ ފޯމުންނެވެ.
- ބީލަން ހުށަހަޅާ ފަރާތުގެ 2 މަސް ހަމަނުވާ 1 އަހަރު ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ފާއިތުވި އަހަރުގެ އޯޑިޓް ރިޕޯޓް ނުވަތަ މާލީ ތަނަވަސްކަން އަންގައިދޭ ބޭންކް ބެލަންސް ކޮންފަމޭޝަން ލެޓަރ އެއް ހުށަހަޅަން ވާނެއެވެ.
- ބީލަން ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ބިޑް ރަޖިސްޓްރޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ.
- ބީލަން ހުށަހަޅާ ފަރާތުން އެފަރާތުގެ ނަމުގައި ތައްޔާރުކުރާ "ވިޔަފާރި ޕްލޭން" އާއި އަދި ރަށުގެ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމް (CSR) އަށް ހުށަހަޅާ ކަންކަން ހިމެނޭ ކަރުދާއެއް ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓެއްގައި ލިޔެ ހުށަހަޅަން ވާނެއެވެ.
- ކައުންސިލުން އަކަފޫޓަކަށް ފެށޭ ކުލި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްކޮށް އެއްވެސް ފަރާތަކުން މިކަމަށް ކުލި ހުށަހަޅައިގެން ނުވާނެއެވެ.
- މިކަމަށް ކުރިމަތިލާ އެއްވެސް ފަރާތަކުން ކައުންސިލުން އަކަފޫޓަކަށް ފެށޭކުލީގެ ގޮތުގައި ކަނޑައަޅާފައިވާ ކުއްޔަށްވުރެ ކުޑަކުލި ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުން ކެންސަލް ކުރެވޭނެއެވެ.
- ކައުންސިލަށް ބިމުގެ މަހު ކުލި ދައްކަމުން ދާންވާނީ ބިން ލިބޭ ފަރާތާއިއެކު ވެވޭ އެއްބަސްވުމުގައި ބަޔާންކުރާގޮތުގެ މަތީންނެވެ.
އިވެލުއޭޓް ކުރެވޭނެ ކްރައިޓީރިއާ
- ކުލި % 70
- މާލީ ޤާބިލުކަން % 5
- ވިޔަފާރި ޕްލޭން % 10
- އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމް CSR ގެ ދަށުން ކުރުމަށް ކަނޑައަޅާ ކަންކަން: % 15
- ބީލަން ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމާއި، ބީލަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ބީލަން ބަލައިގަތުން
|
ތަފްޞީލް |
ތާރީޚް |
ގަޑި (ވަގުތު) |
|
ބީލަމަށް ރަޖިސްޓްރީ ކުރުން: |
18-11-2026 |
10:00ކުރިން |
|
މަޢުލޫމާތު ދިނުން: |
18-11-2026 |
13:00 |
|
ބީލަން ބަލައިގަތުން: |
08-12-2026 |
13:00 |
ބީލަމަށް ރަޖިސްޓްރީ ކުރުން:
މި އިޢުލާނުގެ ދަށުން މި ބީލަމުގައި ރަޖިސްޓްރީވާނީ މި އިޢުލާނާއި އެކު ޢާންމުކޮށްފައިވާ، "ބީލަން ރަޖިސްޓްރޭޝަން ފޯމް" މިބީލަމުގައި ބައިވެރިވާ ފަރާތްތަކުން ފުރުމަށްފަހު ބީލަން ރަޖިސްޓްރޭޝަން ފީ -/5,000ރ (ފަސްހާސް ރުފިޔާ) ބީލަން ރަޖިސްޓްރޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މި ކައުންސިލުގެ ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު، "ބީލަން ރަޖިސްޓްރޭޝަން ފޯމް" 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ދާންދޫ ކައުންސިލަށް ހުށަހަޅައިގެންނެވެ. މިފޯމް ދާންދޫ ކައުންސިލްގެ ކައުންޓަރަށް ހާޒިރުވެގެންވެސް ހަވާލުކުރެވިދާނެއެވެ. ނުވަތަ މެއިލް މެދުވެރިކޮށްގެންވެސް ފޮނުވިދާނެއެވެ. މެއިލް މެދުވެރިކޮށް "ބީލަން ރަޖިސްޓްރޭޝަން ފޯމް" އެ ފަރާތްތަކުން ފޮނުވާނީ މިކައުންސިލްގެ [email protected] މި މެއިލް މެދުވެރި ކޮށެވެ. އަދި ކައުންސިލަށް ފޯމް ލިބުނުތޯ އެފަރާތަކުން ކަށަވަރުކުރަން ވާނެއެވެ. ބީލަންވެރިން ބިޑް ރަޖިސްޓްރޭޝަން ފޯމް ކައުންސިލަށް ފޮނުވުމުން އެފޯމުގައި ކައުންސިލުން ފުރަންޖެހޭބައި ފުރާފައި، ކައުންސިލުން ސޮއިކޮށް ސްޓޭމްޖަހައި ހުށަހެޅި ފަރާތުގެ މެއިލް މެދުވެރިކޮށް ފޮނުވުމުން އެހާ ހިސާބުން އެފަރާތެއް މި ބީލަމުގައި ރަޖިސްޓްރީ ކުރެވުނީއެވެ.
މަޢުލޫމާތު ދިނުން:
ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި ކައުންސިލްގައި ބީލަންވެރިންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމުގައިއެވެ. މި ބައްދަލުވުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައިއެވެ. މި ބައްދަލުވުމުގައި މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް އަދި ކަމައި ގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަންވެރިންނަށް ހަވާލުކުރެވޭނެއެވެ. އެއްވެސް ސަބަބަކާ ހުރެ ބީލަން ވެރިންނަށް ހާޒިރު ނުވެވޭނަމަ އެކަން ބަޔާންކޮށް ފޮނުވާ ސިޓީއަކާއެކު، އެފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވުމުންވެސް އެފަރާތެއް މި މަޢޫލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ކުރެވިދާނެއެވެ.
ބީލަން ބަލައިގަތުން:
ބީލަން ހުށަހެޅުން، ބީލަން ހުޅުވުން އޮންނާނީ 08 ޑިސެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަންވެރިންގެ ހާޒިރުގައި ބާއްވާ މީޓިންގައެވެ.
އިތުރު މަޢުލޫމާތު:-
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި އަދި އެވަގުތުގެ ތެރޭގައި އެކަމަކަށް ކަނޑައެޅިފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ. ކަނޑައެޅިފައިވާ ވަގުތުގެފަހުން އެއްވެސް ރަސްމީ މުޢާމަލާތެއް ކުރިއަށް ނުގެންދާނެއެވެ. އަދި އިދާރީ ގޮތުން ޙާލަތެއް ދިމާވެގެން މި ދެންނެވިފައިވާ އެއްވެސް ތާރީޚެއް ނުވަތަ ގަޑި ބަދަލުވާނަމަ އެކަން ރަސްމީކޮށް ކައުންސިލުގެ އިދާރާއިން އަންގާނެއެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.