ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)382-CA/382/2026/56
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:31
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދައުވަތު

ކައުންސިލްގެ ފަރާތުން ދެޖިންސުގެ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން 2026 ނޮވެންބަރު 03 ވާ އަންގާރަ ދުވަހުގެ ރޭ 20:30  ގައި ބުރުނީ ސިއްކަ ތަކުރުފާނު މައިޒާނުގައި އޮންނާނެއެވެ.

 

އެޖެންޑާ

1-      ޞަލަވާތުގެ ބަރަކާތުން ޖަލްސާ ފެށުން

2-      ފާސްކޮށްފައިވާ ބުރުނީ ލޭންޑު ޔޫސް ޕްލޭން ރިވިއު ކުރުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން

3-      ރައްޔިތުންގެ ޙިޔާލު ހުށައެޅުމާއި ސުވާލުތަކަށް ޖަވާބުދިނުން

4-      ބައްދަލުވުން ނިންމުން

 

                  ވީމާ، މިބައްދަލުވުމަށް ދެޖިންސްގެ ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެންދެއްވުމަށް ދައުވަތު ދެއްވައި މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ނޮވެންބަރު 2026