ބީލަން
ނަންބަރު: (IUL)340/340/2026/51
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 16 ނޮވެންބަރު 2026 10:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނިވެރިންގެ ހިޔާ ހަދައިދޭނެ ފަރާތެއް ހޯދުން:

 މި މި އިޢުލާނާއެކު ހިއްސާކުރެވޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ބެލެނިވެރިންގެ ހިޔާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްކުރުމަށް ސަރުޠުހަމަވާ ފަރާތްތަކުގެ ތެރޭން މި މަސައްކަތްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް، އެންޓިޓީގެ (ވިޔަފާރި/ކުންފުނި/ޕަރޓްނަރޝިޕް) ނަމާއި ގުޅޭނެ ނަންބަރު އަދި ވެރިފަރާތުގެ މަޢުލޫމާތު މި ކައުންސިލްގެ އީމެއިލް [email protected] އަށް 2026 ނޮވެންބަރު 15 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް ދަންނަވަމެވެ. މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރީކުރުމަށް މަޢުލޫމާތު މެއިލް ނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ މިންގަނޑުތަކާއި އިރުޝާދުތަކާއި މަސައްކަތުގެ ތަފްސީލް މަޢުލޫމާތުތަކާއި އެވޯޑުކުރާނެ ފަރާތެއް ކަނޑައަޅާނެ ކްރައިޓޭރިއާ، ހިމެނޭ ބިޑް ޑޮކިއުމަންޓް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. މި މަސައްކަތާއި ގުޅޭ ލިޔެކިތުންތަކުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.    

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 2026 ނޮވެންބަރު 8 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް ސުވާލުތައް މެއިލްކުރުމުން، ޖަވާބުތައް 2026 ނޮވެންބަރު 9 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވޭނެއެވެ.

މި މަސައްކަތްކޮށްދިނުމަށް ބިޑް ހުށަހަޅާނީ މަޢުލޫމާތު ޝީޓާއެކު ހިމަނާފައިވާ އަގުހުށަހަޅާ ފޯމާއެކުއެވެ. ބިޑް ހުށަހަޅާނީ 2026 ނޮވެންބަރު 16 ވަނަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ހާޒިރުވެއެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ މީހާގެ މަޢުލޫމާތާއި ހައިސިއްޔަތު ބަޔާންކޮށް ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. 

01 ނޮވެންބަރު 2026