ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/152
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 08 ނޮވެންބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން ޑިޕާޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެފުރުޞަތު

މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އޮޕަރޭޝަންސް އެންޑް ސަޕްލައި ޗެއިން ޑިޕާޓްމަންޓް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

 4،500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • މިނިމަމްވޭޖް އެލަވަންްސް: 2،610.00 ބޭސިކް މުސާރައިގެ %58
  • ސަރވިސް އެލަވަންސް:2،700.00 އަސާސީ މުސާރައިގެ %60
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް/އޭ ލެވެލް    ހާސިލްކޮށްފައިވުން ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ޑިޕްލޮމާ  ހޯދާފައިވުން.
  • މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން އެއް އަހުރެގެ ތަޖުރިބާ ހޯދާފައިވުން
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖުގެ މަޢޫލޫމާތާއި އޭގެތެރޭގައި ހިމެނޭ އެއްޗެތި ރަނގަޅަށް ބޭނުންކުރަން ދެނެގަތުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އައި.ޔޫ.ޔޫ (IUU) ސޮފްޓްވެއަރއަށް އަޅަންޖެހޭ އެންމެހައި މައުލޫމާތު ގަވާއިދުން އަޅައި އަދާހަމަކޮށް ބެލެހެއްޓުން.
  • ކޯލްޑް ސްޓޯރ އަދި އުޅަނދުފަހަރުން ބޭނުންވާ މައުލޫމާތު ގަވާއިދުން އެއްކުރުން.
  • އެއްކުރެވޭ އަދި ސިސްޓަމަށް އެޅޭ ޑޭޓާގެ ސައްހަކަމާއި ފުރިހަމަކަން ކަށަވަރުކުރުމާއި، މައުލޫމާތުގައިވާ ކުށްތައް ބަލައި ވަގުތުން ރަނގަޅުކުރުން.
  • މަސައްކަތާ ގުޅިގެން ލިބޭ ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަމާއި ސިއްރުވެރިކަން ދެމެހެއްޓުން.
  • ޑޭޓާބޭސް އަދާހަމަކޮށް ބެލެހެއްޓުމާއި، ތަކުރާރުވެފައިވާ (ޑުޕްލިކޭޓް) ޑޭޓާތައް ދެނެގަނެ އެފަދަ މައުލޫމާތު އުނިކުރުން.
  • ޑޭޓާ އެންޓްރީގެ މަސައްކަތްތައް ސައްހަކޮށް ކުރިއަށްދާކަން ކަށަވަރުކުރުމަށްޓަކައި ޓީމުގެ އެހެން މެންބަރުންނާ ގުޅިގެން މަސައްކަތްކުރުމާއި މަޝްވަރާކުރުން.
  • ކަމާގުޅުންހުރި މުވައްޒަފުން މަސައްކަތުގެ ބޭނުމަށް އެދޭ މައުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 08 ނޮވެމްބަރ 2026 ދުވަހުގެ 12:00 ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

01 ނޮވެންބަރު 2026