ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/116
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 10:50
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ރުއް ގަނޑު އަދި ކުރުނބާ ނީލަންކިޔުމާއި ގުޅޭ
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ރުއް ކަނޑާލުމަށްފަހު ބާކީހުރި ރުއް ގަނޑު އަދި ކުރުނބާ ނީލަންކިއުމަށް ވަނީހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 ނޮވެމްބަރ 01 މިއަދު މެންދުރު 13:30 ގައި ކައުންސިލް އިދާރާ ތިރީގައި އޮންނާނެއެވެ.
ނީލަމުގައި ފެށޭ އަގާއި އިތުރު ކުރެވޭނެ އަގު ނީލަންކިޔާ ސަރަޙައްދަށް ދިއުމުން ނީލަން ފެށުމުގެ ކުރުން އެންގޭނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތުން ތަކެތި ގެންދަވަން ވާނީ ފައިސާ ދެއްކެވުމަށްފަހުގައެވެ. ނީލަމުން ނަންގަވާ ތަކެތި 2026 ނޮވެމްބަރ 01 ގެ އިރުއޮއްސި 6:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އަދި އޭގެ ފަހުން ނުގެންގޮސް ހުންނަ ތަކެތި ބޭނުނުންނެތް ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.
ވީމާ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
01 ނޮވެންބަރު 2026