ދިވެހިރާއްޖެ
ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހިންގޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން، ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ތަރިކައިގެ ދާއިރާއިން ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ތަރިކަވެރީން އުފެއްދުމުގެ މަސައްކަތް، ރަށު ކައުންސިލްތަކާ ގުޅިގެން ވަނީ ފެށިފައެވެ. މި މަޝްރޫޢު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާ ގުޅިގެން މި ދާއިރާގެ ސެޓްފިކެޓް ލެވެލް 3 ގެ އެމް.ކިއު.އޭ، އެކްރެޑިޓް ކުރެވިފައިވާ ކޯހެއް ފެށުމަށް މިވަނީ ހަމަޖެހިފައެވެ. އެގޮތުން، ތަރިކައިގެ ދާއިރާއިގެ މުހިންމު ބައިތައް ކަމަށްވާ ދިވެހިންގެ ހަނދާންތައް އެއްކުރުމާއި، ރަށްވެހި އާސާރު އުފެއްދުން ފަދަ ކަންކަމަށް އަހުލުވެރިކުރުވޭ މޮޑިޔުލްތައް މި ކޯހުގައި ހިމެނިގެންދާނެއެވެ. އަންނަ ޖެނުއަރީ 2027 އިންޓޭކަށް މި ކޯސް ފެށުމަށް ގަސްތުކުރެވިފައިވާއިރު މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ކަނޑޫދޫގެ 02 ބައިވެރިނަށް ލިބިފައިވުމުން މިކޯހުގައި ބައިވެރިވާން ސައުޤުވެރިވާ ފަރާތަކުން 10 ނޮވެމްބަރ 2026 ގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ގުޅުއްވާ ނަންނޯޓްކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.