ދިވެހިރާއްޖެ
އިޢުލާން
މި ކޯޓުގައި ޕޯޓިކޯ ހެދުމާއި، އިދާރީ ބަޔަށް ޖާގަ އިތުރުކޮށް މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:
މިކޯޓުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކޯޓުގައި ޕޯޓިކޯއެއް ހެދުމާއި، އިދާރީ ބަޔަށް ޖާގަ އިތުރުކޮށް ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.
ވިމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަކޮށް މިކޯޓުގެ އީ.މެއިލް:[email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިއަށް މިކޯޓަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. މި އިޢްލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާ ފޯމު އަދި ބީލަމުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމު މި އިޢްލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭ:
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ބިޑް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
05 ނޮވެމްބަރ 2026 |
ބުރާސްފަތި |
13:30 |
|
އަންދާސީ ހިސާބު ހުށަހެޅުން |
17 ނޮވެމްބަރ 2026 |
ބުރާސްފަތި |
11:30 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން 07ދުވަސް ތެރޭގައި ރަސްމީ ގަޑިގައި މިކޯޓުގެ ފޯނު ނަންބަރ 6580455 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.