މަސައްކަތް
ނަންބަރު: (IUL)391/391/2026/142
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:31
ސުންގަޑި: 09 ނޮވެންބަރު 2026 11:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ބަނދަރު އޭޓީއެމްގެ ދެކުނުން އޮތް ހުސްބިން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ބަނދަރު އޭޓީއެމްގެ ދެކުނުން އޮތް ހުސްބިން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

        ކޮޅުމަޑުލު ތިމަރަފުށީ ބަނދަރު އޭޓީއެމްގެ ދެކުނުން އޮތް ހުސްބިން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އިރުޝާދާޢި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތްތަކެއް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ރަޖިސްޓްރީކުރުން؛ 

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

ޕްރީބިޑް މީޓިން؛ 

މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހު 11:00 ގައެވެ. މި މަޢުލޫމާތު ސެޝަންއަށް ހާޒިރުވުމުން، ބީލަމުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި ސައިޓް ވިޒިޓިން އޮންނާނީ 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހު 11:30 ގައެވެ.

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 09 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 10:59 ގެ ކުރިން

ބީލަން ކެނޑުން؛ 

ބީލަން ކެނޑުމުގެ ސުންގަޑިއަކީ 09 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި

އެހެނިހެން ކަންކަން؛ 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
  •  މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 09 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

29 އޮކްޓޫބަރު 2026