މަސައްކަތް
ނަންބަރު: (IUL)391/391/2026/141
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:31
ސުންގަޑި: 04 ނޮވެންބަރު 2026 13:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީގެ 3 ސަރަހައްދެއްގަ ގިޑިގެ ހަދައި، ހަރުކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީގެ 3 ސަރަހައްދެއްގަ ގިޑިގެ ހަދައި، ހަރުކޮއްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ކޮޅުމަޑުލު ތިމަރަފުށީގެ 3 ސަރަހައްދެއްގަ ގިޑިގެ ހަދައި، ހަރުކުރަން ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އިރުޝާދާޢި އެއްގޮތަށް، އަމިއްލަ ތަކެތީގައި މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

ރަޖިސްޓްރީކުރުން؛ 

މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

ޕްރީބިޑް މީޓިން؛ 

މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 02 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހު 10:00 ގައެވެ. މި މަޢުލޫމާތު ސެޝަންއަށް ހާޒިރުވުމުން، ބީލަމުގައި ރަޖިސްޓަރީ ކޮށްދެވޭނެއެވެ. އަދި ސައިޓް ވިޒިޓިން އޮންނާނީ 02 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހު 10:15 ގައެވެ.

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން

ބީލަން ކެނޑުން؛ 

ބީލަން ކެނޑުމުގެ ސުންގަޑިއަކީ 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:59 ގައި

އެހެނިހެން ކަންކަން؛ 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 04 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

29 އޮކްޓޫބަރު 2026