ދިވެހިރާއްޖެ
އިޢުލާން
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ލެޕްޓޮޕް އަދި އައިޓީ ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ތިނަދޫ ސިޓީ ކައުންސިލް އިދާރާއަށް ބޭނުންވާ ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)415/415/2026/68 (01 ޖުލައި 2026) އިޢުލާން އެއްވެސް ފަރާތަކަށް ކާމިޔާބު ކުރެވިފައިނުވާތީ، މި މަސައްކަތަށް އަލުން ޢިއުލާން ކުރަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން 12 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 10:30 ގައި ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މި އިޢުލާނާ އެކު މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
|
|
ތާރީޚް |
ގަޑި |
ތަން |
|
ބީލަން ހުށަހެޅުން |
12 ނޮވެމްބަރ 2026 |
10:30 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް |