ދިވެހިރާއްޖެ
" ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުޞޫލު"ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.
2026 އޮކްޓޯބަރ 31 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ ކައުންސިލަރަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބާއި ގުޅިގެން، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ ތިރީގައިވާ ފޯމު މެދުވެރިކޮށް އޮންލައިންކޮށެވެ. ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ދިނުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް، ފޯމުގައި ބަޔާންކުރާ އީމެއިލަށެވެ.
https://forms.office.com/r/NK0zG253q3
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާއި ހަމައަށެވެ.