ބީލަން
ނަންބަރު: (IUL)H12-HC/H12-HC/2026/69
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 10 ނޮވެންބަރު 2026 12:00
މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
މާފުށީ ހޮސްޕިޓަލަށް ބޭނުންވާ 03 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރު: (IUL)H12-HC/H12-HC/2026/69

މާފުށީ ހޮސްޕިޓަލަށް ބޭނުންވާ 03 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:              

މާފުށީ ހޮސްޕިޓަލަށް ބޭނުންވާ 03 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)H12-HC/H12-HC/2026/54(17 ސެޕްޓެމްބަރ 2026) އިއުލާނަށް ކުރިމަތިލީ އެންމެ ފަރާތަކުން ކަމަށްވެފައި އެފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުވާތީ އެޢިއުލާން ބާތިލްކޮށް އަލުން މިތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން  [email protected]  އަށް ގެޒެޓްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި ތާރީޚުގެ ފަހުން ހުށަހެޅޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.  މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މާފުށީ ހޮސްޕިޓަލް (މީޓިންގް ރޫމް) އަދި މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައެވެ.

ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރި ވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމަތު ސާފުކުރެއްވުމަށް މި ހޮސްޕިޓަލުގެ ނަންބަރު 6640107 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

29 އޮކްޓޫބަރު 2026