ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-CA/355/2026/45
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:11
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ތ.މ ކޮމެޓީން އިސްނަގައިގެން ވަރަށް ޙާއްސަ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމާއިގުޅޭ

        މިކޮމެޓީން އިސްނަގައިގެން ވަރަށް ޙާއްސަ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރޭޑް 7 އިން މަތީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ބުލީ ކުރުމާއި ގުޅޭގޮތުން އެވެޔަރނެޝް ސެޝަންއެއް އަދި  މިރަށުގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ޙާއްސަކޮއްގެން ގެވެށި އަނިޔާ އާއި ގުޅޭ އެވެޔަރނެޝް ސެޝަންއެއް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

        މި ސެޝަން ގައި މައުލޫމާތު ދެއްވާނީ މިފަދަ ސެޝަންތައް ކުރިއަށްގެންދިޔުމުގެ ޚާއްސަ ތަމްރީން ލިބިވަޑައިގެން ހުރި ބޭފުޅެއް ކަމުގައި މިފުރުސަތުގައި ދަންނަވަމެވެ. އަންހެން އަދި ފިރިހެން ބޭފުޅުންގެ ސެޝަން ކުރިއަށް ދާނީ 31 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 20:30 ގައި ރަށު ޒުވާނުންގެ މަރުކަޒުގައެވެ. ގުރޭޑް 7 އިން މަތީގެ ދަރިވަރުންގެ ސެޝަން ކުރިއަށް ދާނީ 1 ނޮވެމްބަރ 2026 ވަނަ ދުވަހު 13:30 ގައި ފެންފުށީ ސުކޫލްގައެވެ.

        ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

29 އޮކްޓޫބަރު 2026