ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)258/258/2026/87
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 25 ނޮވެންބަރު 2026 11:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިންޑޯ ޖިމަށް ބޭނުންވާ އިކުއިޕްމެންޓްސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ނަންބަރު: 258/258/2026/87(IUL)                           

އިޢުލާން

      

ހަނިމާދޫ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިންޑޯ ޖިމަށް ބޭނުންވާ އިކުއިޕްމެންޓްސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އިންޑޯ ޖިމަށް ބޭނުންވާ އިކުއިޕްމަންޓްސް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރ 258/258/2026/66 (IUL) (30 ޖުލައި 2026) އިޢުލާންގެ ބިޑް ޑޮކިއުމަންޓުގެ 3 ވަނަ މާއްދާއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ އުޞޫލު ނަމްބަރ 2026/G-2 "ދަޢުލަތުގެ އޮފީސްތަކުން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓުތަކުގައި ވަކިވަކި ފަރާތްތަކާއި ދާއިރާތަކަށް އިސްކަންދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" އާއި ފުށުއެރުމެއް އުޅޭތީ، ހަނިމާދޫ ކައުންސިލްގެ ބިޑްކޮމެޓީއިން މިމަސައްކަތް އަލުން އިޢުލާން ކުރުމަށް ނިންމުމާއި ގުޅިގެން، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

 ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ލިންކް: (IUL)258/258/2026/87 - Indoor Gym – Fill in form

 

ތަފްސީލް

ތާރީޚް

ގަޑި / ތަން

މަޢުލޫމާތު ސާފުކުރުން / ރަޖިސްޓްރީވުން

29 އޮކްޓޯބަރ 2026 އިން

10 ނޮވެމްބަރ 2026ގެ ނިޔަލަށް

10 ނޮވެމްބަރ 2026 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް

އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން

25 ނޮވެމްބަރ 2026 (ބުދަ)

ހެނދުނު 11:00 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި

                 

  1. ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.
  3. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  [email protected]

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުމާދަލްއޫލާ 1448

29 އޮކްޓޯބަރ 2026

29 އޮކްޓޫބަރު 2026