ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-A1/1/2026/243
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 05 ނޮވެންބަރު 2026 21:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމަށް ދަޢުވަތުއެރުވުން.

ދެފުށްފެންނަ އަދި މަޢުނަވީ ގޮތެއްގައި މަޝްވަރާ ކުރުމެއް ނެތި، މާލޭ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ބިން ބޭނުން ކުރުމުގެ ނިންމުންތައް ނިންމަވަމުންގެންދަވާތީ، އެކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުމެއް 05 ނޮވެންބަރު 2026 ވާ (ބުރާސްފަތި) ދުވަހުގެރޭ 8:30 ގައި މާލޭ ސިޓީ ހޯލްގައި (ބޮޑުތަކުރުފާނު މަގު) ބާއްވާގޮތަށް ވަނީހަމަޖެހިފައެވެ.

ވީމާ، މި ބައްދަލުވުމަށް މާލޭ ސިޓީގެ ރައްޔިތުންނަށް ދަޢުވަތު އަރުވައި، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

29 އޮކްޓޫބަރު 2026