ތަމްރީނު
ނަންބަރު: (IUL)160-A/1/2016/33
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 14 މާރިޗު 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޤާރީކޯސް ސެޓުފިކެޓު ލެވެލް 3

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން މިއަހަރު މާރިޗުމަހުގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤާރީކޯސް ސެޓުފިކެޓު ލެވަލް 3

ޝަރުޠު:       ޤާރީކޯސް ސެޓުފިކެޓު ލެވެލް 2 ހަދާފައިވުން.

           މި މަރުކަޒުން ދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވުން.

މުއްދަތު:      7 މަހާއި 15 ދުވަސް

ވީމާ މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 މާރިޗު 03 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި މަރުކަޒުން ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2016 މާރިޗު 14 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

21 ޖުމާދަލްއޫލާ 1437

02 މާރިޗު 2016