މަސައްކަތް
ނަންބަރު: (IUL)330-B/330/2026/61
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި:
02 ނޮވެންބަރު 2026 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު: މަސްޖިދުލް ޢަމްރުބުނުޢާޞް ، މަސްޖިދުލް ޒިކުރާ އަދި މަސްޖިދުލް ފުރްޤާނުގެ ވަޅުގެ މަތިގަނޑުތައް ފައިބަރުން ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން
މިރަށު މަސްޖިދުލް ޢަމްރުބުނުޢާޞް ، މަސްޖިދުލް ޒިކުރާ އަދި މަސްޖިދުލް ފުރްޤާނުގެ ވަޅުގެ މަތިގަނޑުތައް ފައިބަރުން ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވަޅުގެ މަތިގަނޑު ހެދިފައި ހުންނަންވީ ގޮތުގެ މަޢުލޫމާތު:
- ވަޅުގެ މަތިގަނޑު ހަދާނީ ފައިބަރުން 5 މިލިމީޓަރަށްވުރެ ތުނި ނުވާނެގޮތުގެމަތިންނެވެ.
- ވަޅުގެ ވަށާ ތުންފަތަށް 2 އިންޗި މަޅާލެވިފައިހުންނަންވާނެއެވެ.
- މަތިގަނޑުގެ މަތިން 18" 24" އިންޗީގެ ހުސްޖާގައެއް ކެނޑުމާއެކު އެޖާގައިގެ ތުންފަތް 5 މިލިމީޓަރަށް ހުރުން
- މަތިގަނޑުމަތިން ކެނޑި ހުސްޖާގައިގެ ބޮޑުމިނަށް ވަކިން ކުޑަމަތިގަނޑެއްހެދުން އަދި ކުޑަމަތި ވަޅުގައި އެޅޭތަނުގައި، ކުރިންހެދި ބޮޑުމަތިގަނޑާއެއްގޮތަށް 2 އިންޗިއަށްވުރެ ކުޑަނޫން ތުންފަތެއް ލާންވާނެއެވެ.
- ވަކިންހަދާ ކުޑަމަތީގެވެސް ބޯމިނުގައި 5 މިލިމީޓަރ ހުރުން
- ކުޑަމަތިގަނޑު ބޮޑުމަތިގަނޑާ ގުޅޭ ތަނުގައި ބޮޑުމަތީގައި އެޅޭގޮތަށް 5 މިލިމީޓަރުގެއުސް ފޮފައެއް ލާންވާނެއެވެ.
- މީގެއިތުރުން ކުޑަމަތި އަދި ބޮޑުމަތިވެސް ފަސޭހަކަމާއެކު ނަގާލުމަށްޓަކައި ހިފައްޓާލެވޭވަރުގެ 1 އަތްގަނޑު(ކުޑަމަތިގަނޑުގައި) 2 އަތްގަނޑު (ބޮޑުމަތިގަނޑުގައި) ލާންވާނެއެވެ.
- ވަޅުތަކުގެ މަތިތައް ހަދާ ނިމިފައި ހުންނައިރު މަތިގަނޑުތަކުގެ މަތި ހުންނަންވާނީ ޖެލްޖަހާ އޮމާންކުރެވިފައެވެ.
- މަތިތައްހަދާއިރު މަތިގަނޑު މައްޗަށް އެޅޭފެން ފަސޭހަކަމާއެކު ބޭރަށް ފައިބާނެގޮތުގެމަތީން ވަޅުގެ ތުންފަތަށް ފެންފަސޭހަވާނެގޮތަށް މަތިގަނޑުގެ މެދަށް 1 އިންޗީގެ އުސްވުމެއް ގެންނަންވާނެއެވެ.
- މަތިތަށް އަޅާއިރު މަސްޖިދުލްޒިކުރާގެ ވަޅުގެ މިހާރުއޮތް މަތި ތަޅާލުމާއެކު ވަޅުގެ ތުންފަތް ރަނގަޅަށް ހަދަންވާއެވެ.
- ފުރުޤާން މިސްކިތުގެ ވަޅުގެ މަތީގައި 2 އިންޗި 2 އިންޗިއަށްވުރެ ކުޑަނޫން 1 ހުރަސް ލަކުޑިން ހަދާ ފައިބަރުކޮށް އަޅަންވާނެއެވެ.
- ޒިކުރާ މިސްކިތާއި އަމްރުބުންޢާސް މިސްކިތު ވަޅުގައި 2 އިންޗި 2 އިންޗިއަށްވުރެ ކުޑަނޫން 2 ހުރަސް ލަކުޑިން ހަދާ ފައިބަރުކޮށް އަޅަންވާނެއެވެ.
- މިމަސައްތްކުރާނީ މަސައްކަތްކުރާފަރާތުގެ އަމިއްލަތަކެތީގައެވެ. މަސައްކަތްކުރުމަށް ކައުންސިލުން އެއްވެސް އެއްޗެއް ނުދެވޭނެއެވެ. ނަމަވެސް މިސްކިތްދޮށުގައި މަސައްކަތްކުރާ ވަގުތުތަކުގައި ބޭނުންވެއްޖެނަމަ މިސްކިތުން ކަރަންޓު ބޭނުންކުރެވޭނެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް ކ.ކާށިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ: 9867037 ފޯނާއި ގުޅުއްވުން އެދެމެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
- އަގަށް 50 ޕޮއިންޓް
- މުއްދަތަށް 50 ފޮއިންޓް
29 އޮގަސްޓް 2026