ދިވެހިރާއްޖެ
އިހަވަންދޫގައި ހުނަރުވެރި އަދި މަސައްކަތްތެރި ކަނބަލުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އިހަވަންދޫ ބިޒިނެސް ސެންޓަރ ގުޅިގެން، ހއ އަތޮޅުގެ އަންހެން ކަބަލުންނަށް ހާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި އެކްސްޕޯ އަކީ ހއ އަތޮޅުގައި ދިރިއުޅޭ މަސައްކަތްތެރި ކަނބަލުންނަށް ކުރިއެރުމާއި ފަހި ފުރުޞަތުތައް ހޯދައިދީ، އެކަބަލުން މިހާރުކުރަމުންދާ ކުދި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު މާރކެޓާއި ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އަދި އެކިއެކި ދާއިރާތަކުން ފަންނުވެރި ކަނބަލުން ކުރަމުން އަންނަ މަސައްކަތްތައް އާންމު ރައްޔިތުންނަށް ދައްކާލައި، އަރަމުން އަންނަ ކަނބަލުންނަށް ހިތްވަރުދިނުމާއެކު، ރަށުގައި އެކި ބާވަތްތަކުގެ ތައްޔާރީ ކާނާއާއި ތަކެތި އުފައްދާ ކަނބަލުންގެ ހުނަރުތައް އިތުރަށް ޕްރޮމޯޓްކޮށް ފުޅާކުރުމުގެ މަގުޞަދުގައި ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
އެކްސްޕޯގެ ދާއިރާތައް:
|
1 |
ފެހުމުގެ ދާއިރާ |
4 |
ފޮޓޮގްރަފީ |
|
2 |
ކޭކް ޑެކެރޭޝަން / ޕޭސްޓްރީ |
5 |
އާރޓް އެންޑް ކްރާފްޓް |
|
3 |
މޭކަޕް އާޓް |
6 |
އެކި ބާވަތްތަކުގެ ތައްޔާރީ ކާނާ އުފެއްދުން |
މި އެކްސްޕޯގައި ކަނބަލުންގެ މަސައްކަތްތައް އަގުވަޒަންކޮށް، އިތުރަށް ހިތްވަރުދިނުމުގެ ގޮތުން އެންމެ މޮޅު 5 ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އިހަވަންދޫގައެވެ. އަދި އެކްސްޕޯ ބޭއްވުމަށް ހަމަޖައްސާ ތާރީހާއި ކުރިއަށް ގެންދާނެ އުސޫލު ރަޖިސްޓްރީވާ ފަރާތްތަކަށް ހިއްސާ ކުރެވޭނެވެ.
ވީމާ، މި އެކްސްޕޯގައި ބައިވެރިވަން ބޭނުންވާ އިހަވަންދޫ އަދި ހއ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ކަނބަލުން، 19 ނޮވެންބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމު މެދުވެރިކޮށް އޮކްސްޕޯގައި ރަޖިސްޓްރީ ވުމަށް ދަންނަވަމަވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/z8nPAv4GZ791UqZf7
17 ޖުމާދަލްއޫލާ 1448