ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2026/167
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:09
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2027 ވަނަ އަހަރު ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއިގުޅޭ

2027 ވަނަ އަހަރު ނާސަރީ، ބޭބީ ނާސަރީ ކުލާސްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ކުލާސްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން މި އިދާރާއަށް ފޯމާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުން އެދެމެވެ. އަދި ޕްރީސްކޫލް އަށް ވައްދާ ކޮންމެ ދަރިވަރެއްގެ އަތުން ކޮންމެ މަހަކު -/250 ރުފިޔާގެ ފީއެއް ނެގޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށް މި އިދާރާގެ ކައުންޓަރުން އަދި މާކުރަތު ކައުންސިލްގެ ގެޒެޓުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ޕްރީސްކޫލަށް ކުދިން ވެއްދުމުގެ އުމުރުފުރާ ބަލާނީ 31 ޑިސެމްބަރ 2026 އަށް ކަމުގައި ދެންނަވަމެވެ.

މަރުހަލާ

އުމުރުފުރާ

ބޭބީ ނާސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 އޮކްޓޫބަރު 2026