ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރުގެ މޭ/ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލްއާއި އެޗްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުން:
2016 ވަނަ އަހަރުގެ މޭ/ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލާއި އެޗްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2016 މާރިޗު 06 ން ފެށިގެން 2016 މާރިޗު 10 ވަނަ ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފުސީލު މި ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8:30 ން 13:30 އަށެވެ. ފޯމު ހުށަހަޅާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީ ޝީޓު މި ޑިޕާޓްމަންޓުންނާއި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
20 ޖުމާދަލްއޫލާ 143