ބީލަން
ނަންބަރު: (IUL)251-MS/251/2026/92
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 09 ނޮވެންބަރު 2026 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ބަނދަރުގައި ހުރި ރުއްތައް ވަރުވާއަށް ލިޔެދިނުމާއި ގުޅޭ

ހއ. ދިއްދޫ ބަނދަރު މަގުހެދުމުގެ މަސައްކަތް މަޑުޖެހިފައިވާތީ، ބަނދަރު މަގުގެ މަސައްކަތް ފެށެންދެން ބަނދަރުގައި ހުރި ރުއްތައް ވަރުވާއަށް ލިޔެދިނުމަށް ބޭނުންވެއެވެ. އެހެންކަމުން، މި ރުއްތައް ވަރުވާއަށް ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި ބިޑް ހުށަހެޅުން އެދެމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

ވަރުވާއަށް ރުއްތައް ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ  2026 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 9:00 އިން ފެށިގެން 2026 ނޮވެންބަރު 9 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމަޔަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ މެއިލް [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ސާފުކޮށްދިނުން

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2026 އޮކްޓޫބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން 2026 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު މި ކައުންސިލްގެ މެއިލްއަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2026 ނޮވެންބަރު 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ކުރެއްވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2026 ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ދިއްދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.

 

ބިޑު ހުށަހަޅަން ރަޖިސްޓަރީވާ ފޯމާއި ބީލަމާ ގުޅޭ މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

        ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

28 އޮކްޓޫބަރު 2026