ބީލަން
ނަންބަރު: (IUL)374-C/374/2026/54
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:24
ސުންގަޑި: 09 އޮކްޓޫބަރު 2026 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ގޮމަވަތި އަދި އައްޑަނަ ތެޔޮސެންޓަރު އެތެރެއާއި ބޭރު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ކޮށްފައިވާ ނަންބަރު:374-C/374/2026/50 ((IUL (2026 ސެޕްޓެމްބަރ 29) ގެ އިޢުލާން ބާޠިލްކޮށް، ފ. ނިލަންދޫ ގޮމަވަތި އަދި އައްޑަނަ ތެޔޮސެންޓަރު އެތެރެއާއި ބޭރު 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފްކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

 

ތަނުގެ ނަން

ސާފްކުރަންޖެހޭ އަދަދު

ގޮމަވަތި ގޯތީގެ އެތެރެއާއި ބޭރު

ހަފްތާއަކު 01 ފަހަރު

އައްޑަނަ ތެޔޮސެންޓަރު އެތެރެއާއި ބޭރު

ހަފްތާއަކު 01 ފަހަރު

 

  ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން  2026 ނޮވެންބަރު 09 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ މިއިދާރާއިން ތައްޔާރުކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައެވެ. ފޯމު ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "އިޢުލާން ނަނބަރު: (IUL)374-C/374/2026/54 ގައިވާ ސަރަޙައްދުތައް ކުނިކަހައި ސާފްކުރުމާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

          ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               17 ޖުމާދުލްޢޫލާ 1448

               28 އޮކްޓޫބަރ 2026

28 އޮކްޓޫބަރު 2026