ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/1/2016/13
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 13 މާރިޗު 2016 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
އޮފިސަރ ގްރޭޑް 1

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް 3

ބޭނުންވާ އަދަދު:

1

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން

ޖުވެނައިލް ޖަސްޓިސް ޔުނިޓް/ ހިއުމަން ރިސޯސަސް ޔުނިޓް/ މާލެ

އަސާސީ ޝަރުތު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / މާކެޓިންގ / އިންފޮރމޭޝަން ޓެކްނޮލޮޖީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / މާކެޓިންގ / އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ޔުނިޓުގެ ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.
  2. ޔުނިޓަށް އަންނަ ސިޓީއާއި ލިޔުން ފަދަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން.
  3. އެކިއެކި ބޭނުންތަކުގައި ޔުނިޓަށް އަންނަ ފަރާތްތަކަށް އެޓެންޑް ކުރުން.
  4. ޔުނިޓުގެ އަހަރު ރިޕޯޓާބެހޭ މަސައްކަތްކުރުން.
  5. ޔުނިޓަށް ލިބޭ ސިޓީތަކުގެ ތެރެއިން، އެހެން އޮފީސްތަކަށް ޖަވާބު ދޭންޖެހޭ ސިޓީފަދަ ތަކެތި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިޔެ އެފަރާތްތަކަށް ފޮނުވުން.
  6. މުވައްޒަފުން ބޭރަށްދާ ފޮތް ބެލެހެއްޓުން.
  7. މުވައްޒަފުންގެ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރުން.
  8. ޔުނިޓުގެ ހުސްވެފައިވާ މަޤާމުތަކަށް މީހުން ހޯދުމަށް ކުރަންޖެހޭ އިޢުލާން ކުރުން.
  9. މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި، ބަދަލުކުރުމާއި ވަކިކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
  11. މުވައްޒަފުންގެ ވަޒީފާ ބަޔާނާއި އެއްބަސްވުން ތައްޔާރުކުރުން.
  12. އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ލިޔުން ތައްޔާރުކުރުން.
  13. ވަޒީފާގައި އުޅޭ، ވަކިވި މުވައްޒަފުން އެދުމުން ކަމާބެހޭ ލިޔުން ތައްޔާރުކޮށް ހަވާލުކުރުން.
  14. މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާގެ ޗުއްޓީއާއި އަހަރީޗުއްޓީގެ ރިކޯޑު ބެލެހެއްޓުމާއި، މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް މުވައްޒަފުންނާ ޙަވާލުކުރުން.
  15. މުވައްޒަފުންގެ ހާޒިރީގެ ކަންތައްތައް ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓު ތައްޔާރުކުރުން.
  16. މުވައްޒަފުންގެ އެޕްރެއިޒަލް ކަންތައް ބެލެހެއްޓުން.
  17. މުވައްޒަފުންގެ ޕަރސަނަލް ފައިލު ބެލެހެއްޓުން.
  18. ވަޒީފާއިން ވަކިވާ މުވައްޒަފުންގެ ޕާރސަނަލް ފައިލު، ވަކިވާތާ 6 މަސްވުމުން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  19. ޔުނިޓުގެ ޔައުމިއްޔާ ލިޔުން.
  20. ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
  21. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.

- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:

2016 މާރިޗު 20 ވަނަ ދުވަހާއި 2016 އެޕްރީލް 14 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވަން ވާނީ ފޯމު ފުރިހަމަކުރެއްވުމަށްފަހުގައެވެ.)
  2. ލިބިފައިވާ ހުރިހާ ތަޢުލީމީ  ސެޓުފިކެޓުތަކުގެ ކޮޕީ.

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

    (ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).

4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

13 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.

 

 

 

 

 

 

 

 

 

 

 

 

01 މާރިޗު 2016