ދިވެހިރާއްޖެ
ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓް މިހާރު ހިންގާ ޢިމާރާތުގައި ކޯޓު ހިންގުމަށް ބައެއް ދަތިތައް ދިމާވާތީ ކޯޓު ހިންގުމަށް ތ. ވަންދޫއިން އެހެން ޢިމާރާތެއް ހޯދުމަށް ބޭނުންވެއެވެ.
އެހެންކަމުން މި ކޯޓް ހިންގުމަށް ވަގުތީގޮތުން ޢިމާރާތެއް ކުއްޔަށް ދޫކުރަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް، 28 އޮކްޓޯބަރ 2026 އިން ފެށިގެން ރަސްމީ ގަޑީގައި މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކުރެވިފައިވާނެއެވެ.
މި އިޢުލާނާ ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީ-ބިޑް މީޓިންގ)، 4 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 9 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ކޮޅުމަޑުލު ވަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.