ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2026/126
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 05 ނޮވެންބަރު 2026 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ ފޮޓޯކޮޕީ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

   މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ މަލްޓި-ފަންކްޝަނަލް,  2 (ދޭއް) ފޮޓޯކޮޕީ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތުކަރުދާހުގައިވާ ގޮތުގެ މަތީން، މި  ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2026 ނޮވެންބަރު 10 ވާއަންގާރަދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

   ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 2026 ނޮވެންބަރު 5 ވާބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

28 އޮކްޓޫބަރު 2026