ނީލަން
ނަންބަރު: (IUL)434-PRC/434/2026/148
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި:
10 ނޮވެންބަރު 2026 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ގދ. ތިނަދޫގައި ހިންގަމުންދާ ޑީ.ޑީ.ސީ.އާރު.ސީ ސެންޓަރުގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން
މި އޭޖެންސީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލުކުރާނެ އުސޫލު" ގެ ދަށުން "ދުވަހު ނީލަމުގައި" ވިއްކާލުމަށް ބޭނުންވެއެވެ.
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: ޑީ.ޑީ.ސީ.އާރު.ސީ ސެންޓަރ / ގދ. ތިނަދޫ
- ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 10 ނޮވެމްބަރ 2026 ވަނަ ދުވަހު، ހެނދުނު 10:00 ގައި
- ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
- މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯނު ނަންބަރު: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އަށް 3312018 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެވެ.
ވީމާ ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 އޮކްޓޫބަރު 2026