ދިވެހިރާއްޖެ
މިހާރަކަށް އައިސް ރަށުގެ ގޮނޑުދޮށުން ގަވާއިދާ ޚިލާފަށް ވެއްޔާއި އަކިރި އެރުވުމާއި ނެގުމުގެ ޝަކުވާ މި ކައުންސިލަށް ދަނީ ލިބެމުންނެވެ. މި ކަމަކީ ގޮނޑުދޮށް ހަލާކުވެ، ރަށްގިރައި ރަށުގެ ތިމާވެއްޓަށް ނުހަނު ގެއްލުން ލިބޭ ކަމެކެވެ.
ގޮނޑުދޮށުން ވެއްޔާއި އަކިރި އެރުވުމާއި ނެގުން ހުއްޓާލުމަށް ނަސޭހަތްތެރިވަމެވެ. އަދި ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގައި އަރުވައި ހަދާތޯ ބަލަމުންދާނެކަންވެސް ފާހަގަކުރަމެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި އަރުވާ ފަރާތްތަކުގެ މައުލޫމާތު މި ކައުންސިލަށް (ފޯނު 6780032) އަށް ގުޅުއްވައި ރިޕޯޓުކުރެއްވުމަށް ނުވަތަ އެންވައިރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (ފޯނު 3335949) އަށް ގުޅުއްވައި ރިޕޯޓުކުރެއްވުން އެދެމެވެ. ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގާ ފަރާތްތަކާ މެދު "ރާއްޖޭ ގައި މީހުން އުޅޭ ރަށްރަށުން، ގަލާއި، ވެއްޔާއި، އަކިރި ނެގުމާއި ބެހޭ ގާނޫނު" ގައި ވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.