ދިވެހިރާއްޖެ
މި ކޯޓްގެ ޢިމާރާތުގެ އެތެރޭގައި 29 އޮކްޓޯބަރ 2026 އިން ފެށިގެން ބޮޑު މަރާމާތެއް ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، މިމަސައްކަތް ކުރިއަށްދާ މުއްދަތުގައި، މިކޯޓުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކާ އަދި ފަސޭހައަށްޓަކައި، މި ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމުގައި ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބައެއް ބަދަލުތައް ގެނައުމަށްވަނީ ހަމަޖެހިފައެވެ.
އެގޮތުން މިކޯޓަށް ބަލައިގަންނަ އެންމެހާ ލިޔެކިޔުންތައް މި މުއްދަތުގައި އީމެއިލްގެ ޒަރިއްޔާއިންނާއި، ކޯޓުގެ ރަސްމީ ވައިބަރ ނަންބަރު މެދުވެރިކޮށް ބަލައިގަތުމަށް އިސްކަންދެވިގެންދާނެއެވެ. އަދި ކޯޓުން ދޫކުރާ ފޯމުތައް ކޯޓުގެ ވައިބަރއަށް މެސެޖެއް މެދުވެރިކޮށް އެދުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ފޯމުތައް ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން މިކޯޓުގެ ވެބްސައިޓްގައި ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ހުރިހާ ފޯމެއް އާންމު ކުރެވިފައިވާނެއެވެ. އަދި ކުރިއެކޭވެސް އެއްފަދައިން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ކޯޓުގެ ރަސްމީ ފޯނު ނަންބަރުން އެމަޢުލޫމާތެއް ލިބިގެންދާނެއެވެ.
ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހިނގާ އެންމެހާ ޤާނޫނީ އިޖުރާއަތްތަކާއި ހިންގަންޖެހޭ ޝަރީޢަތްތައް ޤާނޫނާއި އެއްގޮތަށް ކުރިއަށް ދާނެއެވެ. ޤާނޫނާއި ޤަވާޢިދުގައި ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން، މިޝަރީޢަތްތަށް މި މުއްދަތުގައި ކުރިއަށްދާނީ އޮންލައިންކޮށްށެވެ.
ކޯޓުގެ އީމެއިލް އެޑްރެސް: [email protected]
ކޯޓުގެ ފޯނު ނަންބަރު: 6560639 ، ވައިބަރ ނަންބަރު: 7390014
ކޯޓް ވެބްސައިޓް: https://n-velidhoo.courts.gov.mv
ނޯޓް: އިސްވެ ދެންނެވުނު ގޮތައް ޢަމަލުކުރެވުނު ނަމަވެސް އޮންލައިންކޮށް ފޯމް ނެގުމާއި، ހުށަހެޅުމަށް ދަތިވާ ފަރާތްތަކަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 14:00 އަށް ކޯޓުގެ ނަންބަރު 7390014 އަށް ގުޅާލުމަށްފަހު އެކަން އެންގުމުން އެބޭފުޅަކު ބޭނުންވާ ފޯމެއް މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. އަދި ފޯމް ހުށަހެޅުމަށް ކޯޓަށް ދުރުވުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެވިގެންދާނެއެވެ. އަދި ހަމަ މިފަދައިން ޚާއްސަ ހާލަތްތަކުގައި ޝަރީޢަތްތަކުގައި އޮންލައިންކޮށް ބައިވެރިވުމަށް ދަތިވާ ފަރާތްތަކުގެ އަޑުއެހުންތައްވެސް ކޯޓަށް ދުރުވެ ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ. މަސައްކަތް ނިމުނުހާ އަވަހަކަށް ކުރިއެކޭ އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސާ އެކަން އާންމުކުރެވިގެންދާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.