ދިވެހިރާއްޖެ
އިޢުލާން
ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރ. އިންނަމާދޫ ފުލުހުންނާއި ގުޅިގެން، ރަށުގެ ކަނބަލުންގެ ދުޅަހެޔޮކަމާއި ފިޓްނަސް އިތުރުކުރުމުގެ މަޤްޞަދުގައި އެއް މަސް ދުވަހުގެ މުއްދަތަށް ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމްގައި މިވަގުތު އެއްވެސް އެހެން ފިޓްނަސް ޕްރޮގްރާމެއްގައި ބައިވެރިވަމުންދާ ފަރާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންގެ ފިޓްނަސް ލެވެލް ދެނެގަތުމަށްޓަކައި ސްކްރީން ކުރުމަށްފަހު، ބައިވެރިން ތަފާތު ގްރޫޕްތަކަށް ބަހާލެވޭނެއެވެ. މި ޕްރޮގްރާމް ފެއްޓުމަށް ހަމަޖެހިފައިވަނީ 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުއެވެ.
މި ޕްރޮގްރާމްގައި ހޮވޭ ވަނަތަކާއި އިނާމްތައް:
1 ވަނަ އަށް ހޮވޭ ފަރާތަކަށް: -/2000 ރުފިޔާ
2 ވަނަ އަށް ހޮވޭ ފަރާތަކަށް: -/1500 ރުފިޔާ
3 ވަނަ އަށް ހޮވޭ ފަރާތަކަށް: -/1000 ރުފިޔާ
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ކަނބަލުން 5 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ގޫގަލް ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ދަންނަވަމެވެ. އިތުރު މަޢޫލޫމާތުސާފު ކުރައްވަނ ބޭނުންވާނަމަ ރަސްމީ ގަޑިތަކުގައި މި ކައުންސިލް އިދާރާގެ ނަންބަރު 6580052 އަދި ނުރަސްމީ ގަޑި ތަކުގައި 7408610 (އ.ތ.މ ކޮމެޓީގެ ރައީސާ ފާޠިމަތު ނިހާ) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ފޯމް : https://forms.gle/GgWsVux1JWiqBkEz8