ދިވެހިރާއްޖެ
އިހަވަންދޫ އާއި ހއ. އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް ދިރުވާ އާލާކުރުމަށާއި، ހުނަރުވެރި ފުޓުސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށާއި، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމުކޮށް، ފުޓުބޯޅައަށް އަހުލުވެރި ޒުވާން ޖީލެއް އުފެއްދުމުގެ މަގުސަދުގައި ,އިހަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2026، 20 ނޮވެންބަރ 2026ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތް އިންތިޒާމީ އަދި ފަންނީ ގޮތުން ފުރިހަމަކޮށް ހިންގުމަށްޓަކައި، މައުލޫމާތު ކަރުދާހުގައި ބަޔާންކުރެވޭ ޝަރުތުތަކާއި މައިގަނޑު އިންތިޒާމީ ބައިތަކަށް ބިނާކޮށް، މުބާރާތް ހޮސްޓުކޮށް ހިންގާނެ ޖަމިއްޔާއެއް ހޮވުމަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މިއިޢުލާނާއި ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރަޖިސްޓަރީކުރެވިފައިވާ އިހަވަންދޫއަށް ނިސްބަތްވާ ޖަމިއްޔާތަކަށެވެ.
ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް: https://forms.gle/GXsxWRzWxBrUuip79
|
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
ރަޖިސްޓަރީ ކުރުމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން |
ތާރީޙް |
ގަޑި |
|
ރަޖިސްޓަރީވުމުގެ ސުންގަޑި |
31 އޮކްޓޯބަރ 2026 |
23:59އަށް |
|
|
ޕްރޮޕޯސަލް ހުށައެޅުން |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
03 ނޮވެންބަރ 2026 |
11:00 |
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
17 ޖުމާދަލްއޫލާ 1448