ދިވެހިރާއްޖެ
ގއ. ދާންދޫގެ އަލަށް ހިއްކި ރަށުން ފަތުރުވެރިކަމަށް ކުއްޔަށް ބިން ދޫކުރުން
1- ގއ. ދާންދޫގައި ޓުއަރިސްޓް ހޮޓާ، ގެސްޓް ހައުސް އަދި ފަތުރުވެރިކަމާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ތަރައްޤީކޮށް ހިންގުމަށްޓަކައި ބީލަން އުޞޫލުން ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
2- މިއީ ގއ. ދާންދޫގެ އަލަށް ހިއްކި ރަށުން ފަތުރުވެރިކަން ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް މީގެ ކުރިން މި ކައުންސިލުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން ދިމާވި ކަންކަން ހައްލުކޮށް އަދި އެއިޢުލާން (ނަންބަރު: (IUL)410-P/410/2026/18) ބާޠިލުކޮށް، ދާންދޫގެ އަލަށް ހިއްކި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ލޯކަލް ޓްއަރިޒަމަށް ކަނޑައަޅާފައިވާ ބިންތައް ކުއްޔަށް ދިނުމަށް ބީލަމަށް ގެނެވުނު އިސްލާޙްތަކާއެކު، އަލުން އިޢުލާން ކުރުމަށް މި ކައުންސިލްގެ 5ވަނަ ދައުރުގެ 23 ވަނަ ޢާންމު ބައްދަލުވުމުގައި ޖުމްލަ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވުމާއި ގުޅިގެން މިކަމަށް ޝައުޢުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމަށް ހުޅުވާލެވުނު ދެވަނަ ފުރުޞަތެވެ.
3- މި ފަހަރު މިއިޢުލާންކުރަނީ، ދާންދޫގައި އަލަށް ހިއްކި ރަށުގެ ލޭންޑް ޔޫސް ޕްލޭނުގައި ދާންދޫ ކައުންސިލުން ޓުއަރިޒަމަށް ކަނޑައަޅާފައިވާ ޒޯނުގެ ތެރެއިން، 71.1.3 ގެ ބްލޮކް ، 72.1.1 ބްލޮކް ، 72.1.2 ބްލޮކް ، އަދި 72.1.3 ބްލޮކް މި 4 ބްލޮކް ގެ ބިންތަކެވެ. އެ ބިންތަކުގެ ބޮޑުމިނާއި އަދި ބްލޮކް ނަންބަރު އަންގައިދޭ ޓޭބަލް ތިރީގައި އެވަނީއެވެ.
4- މި ބީލަމުގައި ރަޖިސްޓީވާ ކޮންމެ ފަރާތަކަށްވެސް މި ބިންތަކުގެ ތެރެއިން އެފަރާތަކުން ބޭނުންވާ 1 (އެކެއް) ބްލޮކަށް ވެސް ބީލަން ހުށަހެޅިދާނެއެވެ. އަދި ބީލުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މި 4 (ހަތަރެއް) ބްލޮކަށް ވެސް މި އިޢުލާނުގެ ދަށުން ބީލަން ހުށަހެޅިދާނެއެވެ. އެކަމަކު ކޮންމެ ބިމަކަށް (ބްލޮކަކަށް) ހުށަހަޅާ ބީލަން އޮންނަންވާނީ އެބިމަކަށް ކަނޑައަޅާފައިވާ ބްލޮކް ނަންބަރު ޖަހައި އަދި އެ ބްލޮކުގައި ހިމެނޭ އަކަފޫޓު ޖަހައި އޭގެ މައްޗަށް ކުލި ބަޔާންކޮށް ކަމާބެހޭ އެންމެހާ ޑޮކިއުމެންޓް ތަކާއެކު ބީލަން ތައްޔާރުކޮށްގެން ވަކިވަކިން ނެވެ.
5- މިބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ބީލަން ރަޖިސްޓްރޭޝަން ފީ -/10,000ރ (ދިހަހާސް ރުފިޔާ)ގެ ގޮތުގައި މިފައިސާ މި ކައުންސިލަށް ޖަމާކުރަންވާނެއެވެ. މިއީ އަނބުރާ ދެވޭނެ (ރިފަންޑްކުރެވޭނެ) ފައިސާއެއް ނޫނެވެ.
6- މި ބީލަމަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް،
- ޕާރޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާރޓްނަރޝިޕްތައް،
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް،
7- މި އިން ކޮންމެ ބިމެއް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.
8- ތިރީގައި މިދަންނަވަނީ މި ބިންތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ 50 އަހަރު ދުވަހުގެ މުއްދަތަށް، މި ކައުންސިލުން ކަނޑައެޅި އެންމެ ކުޑަ ކުލި ކަނޑައަޅައި އެކަން ތަރުތީބުކޮށްފައިވާ ގޮތް އަންގައިދޭ ޓޭބަލެވެ. (އެކަމުގެ މަޢުލޫމާތު)
|
ބިމުގައި ކުރާ ބޭނުމާއި ، ބިމުގެ މުއްދަތު ބަހާލެވިފައިވާ ގޮތާއި އަދި ބިމުގެ އަކަފޫޓަކަށް ފެށޭކުލި (އެންމެ ކުޑަކުލި) ކަނޑައެޅިފައިވާ ގޮތް |
||||
|
# |
ބިމުގައި ކުރާބޭނުން |
ބިމުގެ މުއްދަތު ބަހާލެވިފައިވާ ގޮތް |
މަސްދުވަސް |
ބިމުގެ އަކަފޫޓަކަށް ފެށޭކުލި |
|
1 |
ފަތުރުވެރިކަން ތަރައްޤީކޮށް ހިންގުން |
ފުރަތަމަ 2އަހަރު ދުވަހަށް |
24 މަސްދުވަސް |
(ކުލި ނުހިގާ) |
|
2 |
ފަތުރުވެރިކަން ތަރައްޤީކޮށް ހިންގުން |
އަހަރު 3-10 އަށް |
96 މަސްދުވަސް |
0.25ލ |
|
3 |
ފަތުރުވެރިކަން ތަރައްޤީކޮށް ހިންގުން |
އަހަރު 11-18 އަށް |
96 މަސްދުވަސް |
0.35ލ |
|
4 |
ފަތުރުވެރިކަން ތަރައްޤީކޮށް ހިންގުން |
އަހަރު 19-26 އަށް |
96 މަސްދުވަސް |
0.75ލ |
|
5 |
ފަތުރުވެރިކަން ތަރައްޤީކޮށް ހިންގުން |
އަހަރު 27-34 އަށް |
96 މަސްދުވަސް |
1.80ރ |
|
6 |
ފަތުރުވެރިކަން ތަރައްޤީކޮށް ހިންގުން |
އަހަރު 35-42 އަށް |
96 މަސްދުވަސް |
2.50ރ |
|
7 |
ފަތުރުވެރިކަން ތަރައްޤީކޮށް ހިންގުން |
އަހަރު 43-50 އަށް |
96 މަސްދުވަސް |
3.00ރ |
ބީލަން ވަޒަން (އިވެލުއޭޓް) ކުރުމުގައި ބަލާނެ މިންގަނޑުތައް (ޖަދުވަލް 8)
- ހުށަހަޅާ ކުލި % 45
- މާލީ ތަނަވަސްކަން % 10
- ވިޔަފާރި ޕްލޭން (ވިޔަފާރި ހިންގާނެ ގޮތުގެ ތަފްސީލީ ޕްލޭން) % 20
- އިޖުތިމާޢީ ޒިންމާ CSR (ރަށުގެ ތަރައްޤީއަށް ނުވަތަ ރައްޔިތުންނަށް ކޮށްދޭނެ ކަންކަން) % 15
- ހުށަހަޅާ އިކުއިޒިޝަން ޕޭމަންޓް % 10
- ބީލަން ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމާއި، ބީލަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަދި ބީލަން ބަލައިގަތުން
|
ތަފްޞީލް |
ތާރީޚް |
ގަޑި (ވަގުތު) |
|
ބީލަމަށް ރަޖިސްޓްރީ ކުރުން: |
19-11-2026 |
13:00ކުރިން |
|
މަޢުލޫމާތު ދިނުން: |
23-11-2026 |
13:00 |
|
ބީލަން ބަލައިގަތުން: |
09-12-2026 |
13:00 |
ބީލަމަށް ރަޖިސްޓްރީ ކުރުން:
މި އިޢުލާނުގެ ދަށުން މި ބީލަމުގައި ރަޖިސްޓްރީވާނީ މި އިޢުލާނާއި އެކު ޢާންމުކޮށްފައިވާ، "ބީލަން ރަޖިސްޓްރޭޝަން ފޯމް" މިބީލަމުގައި ބައިވެރިވާ ފަރާތްކުން ފުރުމަށްފަހު ބީލަން ރަޖިސްޓްރޭޝަން ފީ -/10,000ރ (ދިހަހާސް ރުފިޔާ) ބީލަން ރަޖިސްޓްރޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މި ކައުންސިލުގެ ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު، "ބީލަން ރަޖިސްޓްރޭޝަން ފޯމް" 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ދާންދޫ ކައުންސިލަށް ހުށަހަޅައިގެންނެވެ. މިފޯމް ދާންދޫ ކައުންސިލްގެ ކައުންޓަރަށް ހާޒިރުވެގެންވެސް ހަވާލުކުރެވިދާނެއެވެ. ނުވަތަ މެއިލް މެދުވެރިކޮށްގެންވެސް ފޮނުވިދާނެއެވެ. މެއިލް މެދުވެރިކޮށް "ބީލަން ރަޖިސްޓްރޭޝަން ފޯމް" އެ ފަރާތްތަކުން ފޮނުވާނީ މިކައުންސިލްގެ [email protected] މި މެއިލް މެދުވެރި ކޮށެވެ. އަދި ކައުންސިލަށް ފޯމް ލިބުނުތޯ އެފަރާތަކުން ކަށަވަރުކުރަން ވާނެއެވެ. މިހާ ހިސާބުން އެފަރާތެއް މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
މަޢުލޫމާތު ދިނުން:
ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލްގައި ބީލަންވެރިންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމުގައިއެވެ. މި ބައްދަލުވުން އޮންނާނީ މިއިދާރާގެ ޖަލްސާކުރާ މާލަމުގައިއެވެ. މި ބައްދަލުވުމުގައި މިކަމާގުޅޭ ބީލަން ފޮތް އަދި ކަމައި ގުޅޭ އެންމެހާ ލިޔެކިޔުންތައް ބީލަންވެރިންނަށް ހަވާލުކުރެވޭނެއެވެ. އެއްވެސް ސަބަބަކާ ހުރެ ބީލަން ވެރިންނަށް ހާޒިރު ނުވެވޭނަމަ އެކަން ބަޔާންކޮށް ފޮނުވާ ސިޓީއަކާއެކު، އެފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވުމުންވެސް އެފަރާތެއް މި މަޢޫލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ކުރެވިދާނެއެވެ.
ބީލަން ބަލައިގަތުން:
ބީލަން ހުށަހެޅުން، ބީލަން ހުޅުވުން އޮންނާނީ 09 ޑިސެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަންވެރިންގެ ހާޒިރުގައި ބާއްވާ މީޓިންގައެވެ.
އިތުރު މަޢުލޫމާތު:-
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި އަދި އެވަގުތުގެ ތެރޭގައި އެކަމަކަށް ކަނޑައެޅިފައިވާ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ. ކަނޑައެޅިފައިވާ ވަގުތުގެފަހުން އެއްވެސް ރަސްމީ މުޢާމަލާތެއް ކުރިއަށް ނުގެންދާނެއެވެ. އަދި އިދާރީ ގޮތުން ޙާލަތެއް ދިމާވެގެން މި ދެންނެވިފައިވާ އެއްވެސް ތަރީޚެއް ނުވަތަ ގަޑި ބަދަލުވާނަމަ އެކަން ރަސްމީކޮށް ކައުންސިލުގެ އިދާރާއިން އަންގާނެއެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.