ކުއްޔަށް ހިފުން
ނަންބަރު: 961/IUL/2026/21
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 04 ނޮވެންބަރު 2026 13:00
އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަހިފުން

ސްކޫލުގެ ބޭނުމަށް ގުދަނެއް ކުއްޔަހިފުން:

      މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ތަކެތި ގުދަންކޮށް ރައްކާކުރާނެ ގުދަނެއް ކުއްޔަދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 4 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް ސްކޫލު އޮފީހަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

  • މައުލޫމާތު ކަރުދާހާއި ކޯޓޭޝަން ހުށަހަޅާފޯމް މިއިޢުލާނާއިއެކު ހިމެނިފައިވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާ ފޯމް ސްކޫލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ 9123023 މި ނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ރ.އަނގޮޅިތީމު ސްކޫލް

ފޯން: 6580357

އީ-މެއިލް: admin@angolhitheemuschool.edu.mv

28 އޮކްޓޫބަރު 2026