ދިވެހިރާއްޖެ
މިހާރަކަށްއައިސް ބައެއް ގޯތިތަކުގެ އިމުންބޭރު މަގުފާރުކައިރީގައި އެކިބާވަތްތަކުގެ ގަސްއިންދުމާއި، މަގުމައްޗަށް ހެދިފައިހުންނަ ގަސްގަހުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ހިނގާމީހުންނަށް އުދަގޫވާވަރަށް ތިރިވެފައިހުރުމާއި، އެފަދަ ގޮފިތައް މައްޗަށް ނެގުމަށް ކައްތިރި ޖައްސާފައި ހުރުމުގެ ސަބަބނުން ދުއްވާ އުޅަނދު ފަހަރަށާއި ހިނގާ މީހުންނަށް އުދަނގޫވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށާއި އަދި މީހުން ދިރިއުޅޭ ބައެއް ގޯއްޗާއި މީހުންނޫޅޭ ބައެއް ގޯތިތަކުގެ ގޯތިންބޭރު ސާފުކުރަންޖެހޭ ސަރަޙައްދު ސާފުނުކުރާކަން ކައުންސިލަށްވަނީ ފާހަގަ ކުރެވިފައެވެ. އަދި މިކަންކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް މިއިދާރާގެ ނަންބަރު: (07-10-2024) (IUL)366/2024/56، (10-04-2025)(IUL)366/2025/16 ގެ އިޢުލާނުން ދެންނެވިފައިވީނަމަވެސް މިކަމަށް ސަމާލުކަންނުދޭ މަދުބަޔަކު އުޅޭކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.
ވީމާ، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ގޯތިން ބޭރު ސާފުކުރަންޖެހޭ ސަރަޙައްދު މަދުވެގެން ހަފުތާއަކު ދެ ދުވަހު ގަސްއުފުރާ ކުނިކަހާ ސާފުކުރުމާއި، ހިނގާ މީހުންނަށް ދަތިވާގޮތައް މަގުމައްޗަށް ނުކުމެފާހުންނަ ގަސްގަހުގެ ގޮފިތަކާއި ރުއްތަކުގެ ފަންތައް ކެނޑުމާއި، ގަސްތަކުގެ ގޮފިތައް ހިއްލުމަށް ވިއްދާފައިހުރި ކައްތިރިތައް ނެގުމާއި އަދި ގޯތީގެ އިންފާރުންބޭރު މަގުފާރުކައިރީގައި ގަސްނުއިންދުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ޢާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.