ދިވެހިރާއްޖެ
2027 ވަނަ އަހަރު މާފަރު ޕްރީސުކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. 2027 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި ބަދަލުކުރުމުގައި އުމުރު ފުރާ ބަލާނޭ ގޮތުގެ މައުލޫމާތު ތިރީގައިވާ ތާވަލްގައި ހިއްސާކުރެވިފައި އެވެނީއެވެ.
|
ގްރޭޑް |
2027 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމާއި ބަދަލުކުރުމުގައި އުމުރު ފުރާ ބާލާނޭ ގޮތް |
|
ބޭބީ ނާސަރީ |
2026 ޑިސެމްބަރު މަހުގެ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |
|
ނާސަރީ |
2026 ޑިސެމްބަރު މަހުގެ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
ބޭބީ ނާސަރީ އަދި ނާސަރީއަށް ވަންނަން އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން:
2027 ވަނަ އަހަރު މާފަރު ޕްރީސުކޫލުގެ ނާސަރީ އަދި ބޭބީނާސަރީ އަށް ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން މިއަދުން ފެށިގެން 17 ޑިސެމްބަރު 2026ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް މާފަރު ކައުންސިލްގެ އިދާރާގައި ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، 2027 ވަނަ އަހަރު މާފަރު ޕްރީސުކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުދިން ވައްދަން ބޭނުންވެލައްވާ ފަރާތްތަކުން ފޯމު ނެންގެވުމަށްފަހު، ފޯމުފުރުއްވާ، ފޯމުގައިވާ ތަކެއްޗާއެކު މާފަރު ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
މިހާރު ޕްރީސުކޫލުގެ ބޭބީނާސަރީގައި ކިޔަވަމުންގެންދާ ދަރިވަރުން އަލުން ފޯމް ހުށަހަޅަން ނުޖެހޭނެކަމުގައި ދަންނަވަމެވެ.