ޢާންމު މަޢުލޫމާތު
ނަންބަރު: 914/IUL/2026/07
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 10 ނޮވެންބަރު 2026 11:00
ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

                 އިޢުލާން

                                            ނަމްބަރ: 914/IUL/2026/07

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުން

 

           މި ސުކޫލުގެ ދަރިވަރުން ބޭނުންކުރުމަށް ހަމަޖެހިފައިވާ އެކްޓިވިޓީ ޔުނީފޯމް އައުޓްސޯސްކޮށްގެން، ސުކޫލުންދޭ މިންގަނޑުތަކާއި އެއްގޮތަށް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  04 ނޮވެމްބަރު 2026 ވާ  ބުދަ ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ،  10 ނޮވެމްބަރ  2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ސްކޫލް އޮފީހަށް ދުރުވެ ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ އައި.ޑީ.ކާޑް ގެންނެވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ޔުނީފޯމުގެ ސާމްޕަލް ކުރެހުން އަދި އަދި ޔުނީފޯމްގެ ފެންވަރާއި ހުންނަން ޖެހޭނެ ގޮތުގެ ތަފްޞީލީ މިންގަނޑުތައް ހިއްސާކުރެވޭނެއެވެ.

         ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި، އައި.ޑީ.ކާޑް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. 

                  17 ޖުމާދަލްއައްވަލް  1448

28 އޮކްޓޫބަރު 2026